ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ޓޫރިޒަމް އެޑްވައިޒަރު މުހައްމަދު ޚަލީލް އިކޮނޮމިކް ކައުންސިލަށް އައްޔަނު ކުރައްވައިފި އެވެ.
ޕަލްސް ހޮޓެލްސް އެންޑް ރިސޯޓްސްގެ މެނޭޖިން ޑިރެކްޓަރ ކަމުގެ މަގާމުގައި ވެސް ހުންނެވި ޚަލީލަކީ ރިއޯލޯ ގްރޫޕުގެ އިތުރުން މަންތާ އެއާގެ ހިއްސާދާރެއް ވެސް މެއެވެ.
އިކޮނޮމިކް ކައުންސިލަށް ޚަލީލް އައްޔަނު ކުރައްވާފައިވަނީ އިއްޔެއެވެ. އެމަގާމަށް އޭނާ އައްޔަނު ކުރެއްވިއިރު ރާއްޖޭގެ ބޭންކުތަކަށް ޑޮލަރު މާރުކުރަން މަޖުބޫރުކޮށް، މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން އެކުލަވާލި ގަވާއިދަށް އަމަލު ކުރުމަށް ޕަލްސް ކުންފުނިން ވަނީ ދެކޮޅު ހަދާފައެވެ.
އެ ގަވާއިދު ބަދަލުކޮށްދެއްވުމަށް އެދި ރިސޯޓު އޯނަރުންތަކެއް ވަނީ ރައީސް މުޢިއްޒުއަށް ވަނީ ސިޓީއެއް ވެސް ފޮނުވާފައެވެ.
ނަމަވެސް މި ސަރުކާރަށް އެއް އަހަރު ފުރުނު ދުވަހުގެ މުނާސަބަތުގައި ބޭއްވި ޚާއްސަ އިތުފާލުގައި ވާހަކަ ދައްކަވަމުން ރައީސް ވިދާޅުވީ ޤަވާއިދު ބަދަލުކުރެއްވުމުގެ ވިސްނުންފުޅު ނުގެންގުޅުއްވާ ކަމަށާއި އެ ޤަވާއިދު ބަދަލު ނުކުރައްވާނެ ކަމަށެވެ. އަދި ވިޔަފާރިވެރިންވެސް ޖެހޭނީ އެ ގަވާއިދުތަކަށް ބޯލަނބަން ކަމުގައި ވެސް ރައީސް ވަރަށް ސާފުކޮށް ވިދާޅުވިއެވެ.


