ހުޅުމާލޭ ބީޗުގައި ކުޑަ ކުއްޖަކަށް ޖިންސީ ގޯނާކުރި ކަމުގެ މައްސަލައެއް ފުލުހުން ބަލަން ފަށައިފިއެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލަކު ވިދާޅުވީ ހުޅުމާލޭ ބީޗަށް މޫދަށް އެރުނު ކުޑަ ކުއްޖަކަށް ޖިންސީ ގޯނާ ކުރިކަމަށް ތުހުމަތު ކުރެވޭ މައްސަލައެއް ފުލުހުން ތަހުގީގު ކުރަމުންދާ ކަމަށެވެ.
މިމައްސަލަ ރިޕޯޓު ކޯށްފައިވަނީ މިމަހުގެ 15 ވަނަ ދުވަހު ކަމަށް ވެސް ފުލުހުން ވިދާޅުވެފައިވެއެވެ. ނަމަވެސް އިތުރު ތަފްސީލެއް މިކަމާ ގުޅޭގޮތުން ފުލުހުން ހާމަކޮށްފައެއް ނުވެއެވެ.
ޖިންސީ ގޯނާގެ މައްސަލަތައް ރާއްޖޭގައި އަދިވެސް އަންނަނީ ކޮންމެ މަހަކުހެން ފެންމަތިވަމުންނެވެ. އަދި މިފަދަ މައްސަލަތަކުގައި ގިނައީ ކުޑަކުދިންނަށް ކުރާ ޖިންސީ ގޯނާގެ މައްސަލަތައްކަން ވެސް ފާހަގަވެއެވެ. އާންމުކޮށް މިފަދަ މައްސަލަތަކުގައި ތުހުމަތު ކުރެވިފައިވަނީ އެކުދިންގެ އާއިލާމީހަކަށް ނުވަތަ އިތުބާރު ހިފޭ މަގާމެއްގައި ހުރި މީހެއްގެ މައްޗަށެވެ.




