ހުޅުމާލޭ އޯކިޑުމާ ހިނގުމުގައި ކާރެއް ތެރޭގައި މީހަކު ރަހީނުކޮށް ހިފަހައްޓައި، އޭނާއަށް އަނިޔާކޮށް ބިރުދެއްކި މައްސަލައިގައި ހައްޔަރުކުރި އެންމެން ދޫކޮށްލައިފިއެވެ.
މިމަހުގެ 11 ވަނަ ދުވަހުގެ ރޭ ހުޅުމާލޭ އޮކިޑުމާ ހިނގުމުގައި ކާރެއް ތެރޭގައި ދިވެހި ފިރިހެނަކު ރަހީނުކޮށް ހިފަހައްޓައި، އެމީހާއަށް އަނިޔާކޮށް، ބިރުދައްކާ އަދި އެމީހާގެ އާއިލާ މީހުންނަށް ގުޅައި ފައިސާ ހޯދަން އަމުރުކުރި މައްސަލައާ ގުޅިގެން ފުލުހުން ވަނީ ފަސް މީހަކު ހައްޔަރު ކޮށްފައެވެ.
އެއީ މާލެ ދަފްތަރު ނަންބަރު އާރް.އެސް 9022 ތޮލާލް މޫސާ (37އ.) އާއި، ހދ. ކުމުންދޫ ރަތްބަގީޗާގޭ ހުސާމް އިބްރާހިމް (34އ.) އާއި، މާލެ ގ. ކަޅަގާރިމާގެ ހުސެއިން ހައިކަލް ނިޔާޒް (23އ.) ގެ އިތުރުން ހދ. ކުމުންދޫ ރަތްބަގީޗާގޭ އާދަމް ޝަރީފް (36އ.) އަި ހުޅުމާލެ ފްލެޓް ނަންބަރު 04-1-71 އަހްމަދު ރިޝްފާން (26އ.) އެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލަކު މިއަދު ވިދާޅުވީ، މި މައްސަލައިގައި ހައްޔަރުކުރި ފަސް މީހުންވެސް އިތުރަށް ބަންދުގައި ބޭތިއްބުމަށް ނުފެންނާތީ އެންމެން ވެސް ދޫކޮށްލާފައިވާ ކަމަށެވެ.
އަދި މި މައްސަލަ ފުލުހުން ދަނީ އިތުރަށް ތަހުގީގު ކުރައްވަމުން ކަމަށް ވެސް ވިދާޅުވިއެވެ.



