ނުރަސްމީ ދަތުރުފުޅެއްގައި ރައީސް ޑރ. މުޙައްމަދު މުޢިއްޒާއި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު، ރޭގައި އިނގިރޭސިވިލާތަށް ފުރާވަޑައިގެންފިއެވެ.
މި ދަތުރުފުޅުގައި ރައީސް މުޢިއްޒު ކުރައްވާ އިދާރީ މަސައްކަތްޕުޅުތަކުގެ ޚަރަދާއި، ޢާއިލާއާއި އަމިއްލަފުޅު ކަންކަންވެސް ހިމެނޭގޮތުން، މުޅި ދަތުރުފުޅުގެ ހުރިހާ ޚަރަދެއްވެސް ކުރައްވާނީ އެމަނިކުފާނު އަމިއްލަފުޅަށް ކަމުގައި ރައީސް އޮފީހުން ވިދާޅުވެފައިވެއެވެ.
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން އިނގިރޭސިވިލާތަށް ކުރައްވާފައި މިވާ އަމިއްލަ ދަތުރުފުޅާ ގުޅޭގޮތުން އިތުރު މައުލޫމާތެއް ރައީސް އޮފީހުން ހިއްސާކޮށްފައެއް ނުވެއެވެ. އަދި މިއީ ކިތައް ދުވަހުގެ ދަތުރުފުޅެއްކަމެއް ވެސް ހާމަކުރައްވާފައެއް ނުވެއެވެ.



