ހުޅޫމާލެ މަގުމަތިން މީހަަކަށް ވަޅިން ހަމަލާ ދޭން އުޅުނު މީހަކު ހައްޔަރުކޮށްފިއެވެ.
މިކަމާއި ގުޅޭ ގޮތުން ’ސައުވީސް‘ އަށް މައުލޫމާތު ދެއްވަމުން ފުލުހުން ވިދާޅުވީ ހުޅުމާލޭ މަގުމަތިން މީހަކަށް ވަޅިން ހަމަލާދޭން އުޅުން ކަމުގެ ތުހުމަތުގައި މީހަކު ހައްޔަރުކޮށްފައިވާ ކަމަށެވެ.
ފުލުހުން ދާދި ދެންމެ މީޑިއާގައި ހިއްސާ ކުރެއްވި މެސެޖެއްގައި ވިދާޅުވީ ހުޅުމާލެ ފޭސް 1 އަކުން ތޫނު އެއްޗެއް ބޭނުން ކޮށްގެން މީހަކަށް ހަމަލާ ދޭން އުޅުނު ކަމުގެ ތުހުމަތުގައި 33 އަހަރުގެ ދިވެހި ފިރިހެނަކު މިއަދު 18:30 ހާއިރު ހައްޔަރުކޮށްފައިވާ ކަމަށެވެ.
މީގެއިތުރުން، އެވަގުތު އެމީހާ ހުއްޓުވަން ހުޅުނު ފުލުހަކަށް ވެސް ތޫނު އެއްޗެއް ބޭނުންކޮށްގެން އެމީހާ ހަމަލާ ދޭން މަސައްކަތް ކޮށްފައިވާ ކަމަށް ފުލުހުން ބުނެފައިވެއެވެ.
މިމައްސަލަ އާއި ގުޅޭ އިތުރު ތަފްސީލު ފުލުހުން އަދި ހާމަކޮށްފައެއް ނުވެއެވެ. އެހެންނަމަވެސް މިމައްސަލަ އިތުރަށް ތަހުގީގު ކުރަމުން އަންނަ ކަމަށް ފުލުހުން ވިދާޅުވިއެވެ.



