ގއ. ކަނޑުހުޅުދޫގައި ދެ މީހެއްގެ މެދުގައި މާރާމާރީއެއް ހިނގައި، އަނިޔާވި މީހުންނަށް ފަރުވާ ދޭން ފަށައިފިއެވެ.
މިމައްސަލަ އާއި ގުޅިގެން ފުލުހުން މީޑިއާ އާއި ހިއްސާ ކުރެއްވި މެސެޖެއްގައި ވިދާޅުވީ ރޭ 9:37 ހާއިރު ގއ. ކަނޑުހުޅުދޫގައި ދެ މީހެއްގެ މެދުގައި މާރާމާރީއެއް ހިނގި މައްސަލައެއް ރިޕޯޓުކޮށްފައިވާ ކަމަށެވެ.
މިމާރާމާރީގައި ދެމީހުންނަށް ވެސް އަނިޔާވެފައިވާ ކަމަށާއި، އަނިޔާވި ދެމީހުންނަށް ކަނޑުހުޅުދޫ ހޮސްޕިޓަލުގައި ފަރުވާ ދެމުންދާކަމަށް ވެސް ފުލުހުން ވިދާޅުވިއެވެ.
ފުލުހުން ހާމަކޮށްފައިވާ ގޮތުގައި މިމާރާމާރީގައި އަނިޔާވެފައި ވަނީ އުމުރުން 37 އަހަރުގެ ދިވެހި ފިރިހެނަކަށާއި 40 އަހަރުގެ ދިވެހި ފިރިހެނަކަށެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި އެތަނުން އެކަކު އިތުރު ފަރުވާއަށް މާލެ ގެނައުމުގެ މަސައްކަތް މިހާރު އަންނަނީ ކުރަމުންނެވެ.
މިމާރާމާރި އާއި ގުޅޭ އިތުރު ތަފުސީލެއް ފުލުހުން ހާމަކޮށްފައެއް ނުވެއެވެ. އެހެންނަމަވެސް މިމައްސަލަ އިތުރަށް ތަހުގީގު ކުރަމުން އަންނަ ކަމަށް ފުލުހުން ވިދާޅުވިއެވެ.




