ވޯލްޑް ޓްރެވަލް އެވޯޑްސްގައި ދެވޭ އެންމެ ޝަރަފުވެރި އެއް އެވޯޑު ކަމުގައިވާ، ވޯލްޑްސް ލީޑިންގް ޑެސްޓިނޭޝަންގެ އެވޯޑު ޖެހިޖެހިގެން ފަސްވަނަ ފަހަރަށް ރާއްޖެ ކާމިޔާބުކޮށްފިއެވެ.
ޕޯޗުގަލްގެ މަދީރާގައި ރޭގައި ބޭއްވި މިއަހަރުގެ ވޯލްޑް ޓްރެވަލް އެވޯޑްސްގައި މި ަރަފުރެވި އެވޯޑާ ރާއްޖެއިން ހަވާލުވެވަޑައިގެންނެވީ ޓޫރިޒަމް މިނިސްޓަރު އިބްރާހިމް ފައިސަލް އެވެ. މި ޝަރަފުވެރި އެވޯޑު ރާއްޖެއިން ވަނީ 2020 ވަނަ އަހަރުން ފެށިގެން ހާސިލު ކޮށްފައެވެ. ދުނިޔޭގެ އެންމެ މަގުބޫލު މަންޒިލުތަކާ ވާދަކޮށް ރާއްޖެއިން މި އެވޯޑު ހާސިލު ކޮށްފައިވާއިރު މި އަހަރުވެސް މި އެވޯޑަށް އިތުރު 18 ޤައުމަކުން ވާދަކޮށްފައެވެ.
ވޯލްޑްސް ލީޑިންގް ޑެސްޓިނޭޝަންގެ އެވޯޑުގެ އިތުރުން ރާއްޖެއިން މިއަހަރު ވަނީ ވޯލްޑް ލީޑިންގް ގްރީން ޑެސްޓިނޭޝަންގެ އެވޯޑުވެސް ހާސިލު ކޮށްފައެވެ. މިއީ ރާއްޖެއަށް މި އެވޯޑު ހާސިލުކުރެވުނު ފުރަތަމަ ފަހަރެވެ.
މި ދެ އެވޯޑުގެ އިތުރުން ރާއްޖޭއިން ވަނީ އިތުރު ގިނަ އެވޯޑުތަކެއް ވެސް ހޯދައިފައެވެ. އޭގެތެރޭގައި ރާއްޖޭގެ ރިސޯޓުތަކަށް ލިބުނު އެވޯޑުތައް ވެސް ފާހަގަ ކުރެވެއެވެ.



