ބަރަހަނާވެގެން ހުޅުމާލޭގެ މަގުމަތީގައި ހުރި ފިރިހެނަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފިއެވެ.
ހުޅުމާލޭ ރެޑްބުލް ސްކޭޓްބޯޑު ޕާކު ތެރޭގައި ފިރިހެނަކު އެއްކޮށް ބަރަހަނާވެގެން ހުރި މަންޒަރު ދައްކުވައިދޭ ވީޑިއޯއެއް މީސްމީޑިއާގައި ވަނީ މިއަދު އާންމުވެފައެވެ.
އެފަދަ މައްސަލައެއް ފުލުހުންގެ ސަމާލުކަމަށް އައިސްފައިވޭތޯ ނޫސްވެރިއަކު ފުލުހުންގެ މީޑިއާ ގްރޫޕުގައި ސުވާލު ކުރުމުން ފުލުހުންގެ މީޑިއާ އޮފިޝަލަކު ވިދާޅުވީ އެމީހާ މިހާރުވަނީ ފުލުހުންގެ ބެލުމުގެ ދަށުގައި ކަމަށާއި މައްސަލައާ ގުޅިގެން ބަލަންޖެހޭ ކަންކަން ބަލަމުންދާ ކަމަށެވެ.
މިކަމާގުޅޭގޮތުން އިތުރު ތަފްސީލެއް އަދިއެއް ލިބިފައެއް ނުވެއެވެ.



