މިއަދު ހެނދުނު އާޓިފިޝަން ބީޗް ކައިރީގައި މަގުމައްޗަށް ވެއްޓުނު 53 އަހަރުގެ މީހަކު، އޭޑީކޭ ހޮސްޕިޓަލުގައި ފަރުވާ ދެމުންދަނިކޮށް ނިޔާވެއްޖެއެވެ.
ފުލުހުން މަޢުލޫމާތު ދީފައިވާ ގޮތުގައި، މިއަދު ހެނދުނު އާޓިފިޝަން ބީޗް ކައިރީގައި މަގުމައްޗަށް ވެއްޓުނު މީހަކަށް ފުލުހުން އެޓެންޑްވެ، އޭޑީކޭ ހޮސްޕިޓަލަށް ގެންގޮސްފައިވެއެވެ. ނަމަވެސް، އޭޑީކޭ ހޮސްޕިޓަލުގައި ފަރުވާ ދެމުންދަނިކޮށް މިއަދު ހެނދުނު 10:03 އެހާކަށްހާއިރު އެ މީހާ ނިޔާވެފައިވާ ކަމަށް ހޮސްޕިޓަލުން ފުލުހުންނަށް މަޢުލޫމާތު ދީފައިވާ ކަމަށް ފުލުހުން ބުނެފައިވެއެވެ.
ނިޔާވި މީހާއަކީ ސ. ހިތަދޫ/ ސޯސަންގެ، މުޙައްމަދު ޝަރީފް (53 އަހަރު) ކަމަށް ފުލުހުން ހާމަކޮށްފައިވެއެވެ.
މި މައްސަލައާ ގުޅިގެން ބަލަންޖެހޭ ކަންކަން ބަލަމުންދާ ކަމަށް ފުލުހުން ބުނެފައިވެއެވެ.



