މާލޭގައި ހިންގަމުންދާ 8 ކެފޭއެއް ބަލައި ފާސްކޮށް، ގަވާއިދާ ހިލާފަށް އުޅެމުންދިޔަ 3 ބިދޭސީއަކު އިމިގްރޭޝަނުން އަތުލައިގަނެފިއެވެ.
އިމިގްރޭޝަނުން އެކްސްގައި ކުރި ޕޯސްޓެއްގައި އިއްޔެ މާލޭ ސަރަހައްދުގައި ހިންގި ޚާއްސަ ރެއިޑް އޮޕްރޭޝަނެއްގައި ޤަވާއިދާއި ޚިލާފަށް މަސައްކަތްކުރަމުންދިޔަ ތިން ބިދޭސީއަކު އިމިގްރޭޝަނުގެ ބެލުމުގެ ދަށަށް ގެނެސްފައިވާކަމަށް ބުނެފައިވެއެވެ.
އިމިގްރޭޝަނުން ގެންދަނީ ރާއްޖޭގައި ޤާވާއިދާއި ޚިލާފަށް އުޅެމުންދާ ބިދޭސީންގެ މައްސަލަ ހައްލު ކުރުމަށް އިމިގްރޭޝަނުން އަންނަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ. އެގޮތުން، މިއަހަރު 5000 އަށް ވުރެ ގިނަ ބިދޭސީން ޑީޕޯޓްކޮށްފައިވާކަމަށް އިމިގްރޭޝަނުން ބުނެފައިވެއެވެ.
މީގެއިތުރުން، އިމިގްރޭޝަނާއި މިނިސްޓްރީ އޮފް ހޯމްލޭންޑް ސެކިއުރިޓީން ރާއްޖޭގައި ދިރިއުޅޭ ހުރިހާ ބިދޭސީން ދަފްތަރުކުރުމުގެ ގޮތުން ފަށާފައިވާ އޮޕަރޭޝަން ”ކުރަނގި“ މިހާރު ވަނީ މުޅި ރާއްޖެއަށް ފުޅާކޮށްފައެވެ.


