އަންނަ މަހުގެ 1 އިން ފެށިގެން އެއާޕޯޓު ޓެކުހާއި ފީގެ ރޭޓުތަކަށް ބަދަލު އަންނާނެ ކަމަށް މޯލްޑިވްސް އިންލޭންޑް ރެވެނިއު އޮތޯރިޓީ (މީރާ) އިން ބުނެފިއެވެ.
މީރާއިން މިއަދު ކުރި އިއުލާނެއްގައި ބުނެފައިވަނީ ދިވެހިރާއްޖޭގެ އެއާޕޯޓަކުން ރާއްޖެއިން ބޭރަށް ފުރާ ޕަސިންޖަރުންގެ އަތުން ޓެކުހާއި ފީ ނެގުމާބެހޭ ޤާނޫނަށް ގެނެވުނު 2 ވަނަ އިސްލާހުގެ ދަށުން 1 ޑިސެމްބަރު 2024 އިން ފެށިގެން ޑިޕާޗަރ ޓެކުހާއި އެއާޕޯޓު ޑިވެލޮޕްމަންޓު ފީ ނަގަމުން އަންނަ ރޭޓުތަކަށް ބަދަލު އަންނާނެ ކަމަށެވެ.
އެގޮތުން އަންނަ މަހު 1 އިން ފެށިގެން ދިވެހި އަދި ބިދޭސީ ޕަސިންޖަރުންގެ އަތުން ޑިޕާޗަރ ޓެކްސް އަދި އެއާޕޯޓު ޑިވެލޮޕްމަންޓް ފީ ނަގަންޖެހޭ ރޭޓުތައް މީރާއިން ވަނީ އެއިއުލާނާއެކު ހާމަކޮށްފައެވެ.
ޑިޕާޗަރ ޓެކްސް:
އިކޮނޮމީ ކްލާސް
ދިވެހިންގެ އަތުން 12 އެމެރިކާ ޑޮލަރު
ބިދޭސީންގެ އަތުން 50 އެމެރިކާ ޑޮލަރުބި
ބިޒްނަސް ކްލާސް
ދިވެހިންގެ އަތުން 120 އެމެރިކާ ޑޮލަރު
ބިދޭސީންގެ އަތުން 120 އެމެރިކާ ޑޮލަރުފަ
ފަސްޓް ކްލާސް
ދިވެހިންގެ އަތުން 240 އެމެރިކާ ޑޮލަރު
ބިދޭސީންގެ އަތުން 240 އެމެރިކާ ޑޮލަރުޕް
ޕްރައިވެޓް ޖެޓު
ދިވެހިންގެ އަތުން 480 އެމެރިކާ ޑޮލަރު
ބިދޭސީންގެ އަތުން 480 އެމެރިކާ ޑޮލަރު
އެއާޕޯޓު ޑިވެލޮޕްމަންޓް ފީ:
އިކޮނޮމީ ކްލާސް
ދިވެހިންގެ އަތުން 12 އެމެރިކާ ޑޮލަރު
ބިދޭސީންގެ އަތުން 50 އެމެރިކާ ޑޮލަރު
ބިޒްނަސް ކްލާސް
ދިވެހިންގެ އަތުން 120 އެމެރިކާ ޑޮލަރު
ބިދޭސީންގެ އަތުން 120 އެމެރިކާ ޑޮލަރު
ފަސްޓް ކްލާސް
ދިވެހިންގެ އަތުން 240 އެމެރިކާ ޑޮލަރު
ބިދޭސީންގެ އަތުން 240 އެމެރިކާ ޑޮލަރު
ޕްރައިވެޓް ޖެޓު
ދިވެހިންގެ އަތުން 480 އެމެރިކާ ޑޮލަރު
ބިދޭސީންގެ އަތުން 480 އެމެރިކާ ޑޮލަރު
އެހެންކަމުން މި ބަދަލާއެކީ އަންނަ މަހު 1 އިން ފެށިގެން އެދުވަހާއި އެދުވަހުގެ ފަހުން ޓިކެޓު ގަންނަ ނުވަތަ ފުރާ ދުވަސް ބަދަލު ކުރާ ޕަސިންޖަރުންގެ އަތުން ޑިޕާޗަރ ޓެކުހާއި އެއާޕޯޓު ޑިވެލޮޕްމަންޓް ފީ ނަގަން ޖެހޭނީ މި އައު ރޭޓުގެ ދަށުން ކަމުގައި މީރާއިން ބުނެފައިވެއެވެ.



