މޫސުން ތަންނުދިނުމުގެ ސަބަބުން ހުޅުމާލޭ ފެހިރެސް ޕާކުގައި ހައުސިންގް ޑިވެލޮޕްމެންޓް ކޯޕަރޭޝަން، (އެޗްޑީސީ) އިން ކުރިއަށް ގެންދަން ނިންމި ކުޑަކުދިންގެ ހަވީރު ފަސްކޮށްފި އެވެ.
ހަފްތާ ބަންދާ ދިމާކޮށް އެޗްޑީސީން ކުރިއަށް ގެންދަން ނިންމި ކުޑަކުދިންގެ ހަވީރު ދެން ބާއްވާނެ ދުވަހެއް ފަހުން އިއުލާނު ކުރާނެ ކަމަށް އެކުންފުނިން މިއަދު ”އެކްސް“ ގައި ކުރި ޕޯސްޓެއްގައި ބުނެފައިވެއެވެ.
މިއަދު ހަވީރު 16:00 އިން 18:00 އަށް ބާއްވަން އުޅުނު މި ކުޑަކުދިންގެ ހަވީރުގައި ކްރިއޭޓިވް ޕެއިންޓިންގް އާއި ސްޓޯރީ ޓެލިންގް ހިމެނޭހެން ގިނަ ހަރަކާތްތަކެއް ބޭއްވުމަށް ހަމަޖެހުނެވެ.
އެޗްޑީސީން ކުރިން ބުނި ގޮތުގައި މި ހަވީރަކީ ފެހިރެސް ޕާކު ޒީނަތްތެރި ކުރުމާއެކު ކުރިއަށް ގެންދަން ނިންމާފައިވާ ހަރަކާތެކެވެ.
އެޗްޑީސީން އަންނަނީ ހުޅުމާލެ ޒީނަތްތެރިކުރުމުގެ އިތުރުން، މިފަދައިން ކުޑަކުދިންގެ ހަވީރާއި ރާއްޖޭގައި ފާހަގަ ކުރާ އެކި ދުވަސްތަކުގައި މިފަދަ ޚާއްސަ ހަރަކާތްތައް ބާއްވަމުންނެވެ.



