ރާއްޖެއަށް މިހާރު ކުރަމުންދާ ވިއްސާރައިގެ ސަބަބުން އައްޑޫސިޓީ މަރަދޫފޭދޫގެ ގެއެއްގެ ފުރާޅު އެއްލާލައިފިއެވެ.
ނޭޝަނަލް ޑިޒާސްޓަރ މެނޭޖްމަންޓް އޮތޯރިޓީ (އެންޑީއެމްއޭ) އިން މިއަދު ”އެކްސް“ ގައި ކުރި ޕޯސްޓެއްގައި ބުނީ މިހާރު ރާއްޖެއަށް ކުރަމުންދާ ވިއްސާރައިގައި، އައްޑޫ ސިޓީގެ މަރަދޫ ފޭދޫއަށް ވައިގަދަވެ ގެއެއްގެ ފުރާޅު އެއްލާމުމާއި ގުޅިގެން އެ ގޭގެ ފަރާތްތަކަށް އެހީތެރިކަން ފޯރުކޮށްދިނުމުގެ މަސައްކަތް އަައްޑޫ ސިޓީ ކައުންސިލްއާއި ގުޅިގެން އެ އޮތޯރިޓީން ކުރަމުންދާ ކަމަށެވެ.
ރާއްޖެއަށް މިހާރު ކުރަމުންދާ ވިއްސާރައިގެ ސަބަބުން މިއަދު އިރުއޮއްސި 6:30 އާއި ހަމައަށް މޫސުމާބެހޭ އިދާރާއިން ވަނީ މުޅި ރާއްޖެއަށް ހުދު ސަމާލުވެސް މިހާރު ނެރެފައެވެ.
އެގޮތުން ރާއްޖޭގެ އެކިކަންކޮޅުތަކަށް ގުގުރުމާއެކު ވާރޭވެހޭނެ ކަމަށާއި ވައިގަދަވެ، ކަނޑުތައް ވެސް ގަދަވާނެ ކަމަށް މެޓްއޮފީހުން ވަނީ ބުނެފައެވެ.



