ބްރޯޑްކާސްޓް ކުރާއިރު ސުލޫކީ މިންގަނޑު ހިފެހެއްޓުމަށް މޯލްޑިވްސް ބްރޯޑްކާސްޓިން ކޮމިޝަން (ބްރޯޑްކޮމް) އިން އިލްތިމާސްކޮށްފިއެވެ.
އެގޮތުން ބައެއް ޗެނަލްތަކުން ގެނެސްދޭ ބައެއް ކޮންޓެންޓުތައް ހުންނަނީ އާންމު އިޖުތިމާއީ މިންގަނޑުތަކާ ހިލާފަށްކަން ފާހަގަކުރެވިފައިވާ ކަމަށް އެ ކޮމިޝަނުން މިއަދު ބުންޏެވެ.
އެހެންކަމުން ބްރޯޑްކޮމް އިން މިއަދުވަނީ ބަރޯޑްކާސްޓަރުން ކޮންޓެންޓް ގެނެސްދޭއިރު، ރާއްޖޭގެ ގާނޫނުތަކާއި އާންމު އިޖުތިމާއީ މިންގަނޑާއި ނޫސްވެރިކަމުގެ އަހުލާގީ މިންގަނޑަށް ފެތޭ ގޮތަށް ކޮންޓެންޓް ގެނެސްދިނުމަށް ހުރިހާ ބްރޯޑްކާސްޓަރުންނަށް ބްރޯޑްކޮމުން ވަނީ އިލްތިމާސްކޮށްފަ އެވެ.
ބްރޯޑްކާސްޓް ކުރުމުގެ ގާނޫނުގެ 37 ވަނަ މާއްދާގެ ދަށުން ބްރޯޑްކާސްޓަރުން އަމަލު ކުރުމަށް އެކުލަވާފައިވާ ކޯޑް އޮފް ޕްރެކްޓިސްގައި ކަނޑައަޅާފައިވާ ހަމަތަކާއި ގައިޑްލައިންތަކާ އެއްގޮތަށް ބަރޯޑްކާސްޓު ކުރަން އިކްތިމާސް ކޮށްފައެވެ.
ބަރޯޑްކާސްޓު ކުރުމުގެ އާންމު އުސޫލުތަކާއި ހިލާފަށް ބައެއް ބްރޯޑްކާސްޓަރުން އަމަލުކުރަމުންދާ މައްސަލަތައް މީގެކުރިން ފެންމަތިވެފައިވާއިރު، އެކަންކަމާ ގުޅިގެން ފިޔަވަޅު ވެސް އަޅާފައި އެބަ ހުއްޓެވެ.




