ހއ. ކެލާގައި ހިނގި ސިހުރުގެ މައްސަލައަކާ ގުޅިގެން، ފުލުހުން އެ ރަށުން 9 ތަނެއް ބަލައި ފާސްކޮށް، 5 މީހަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފިއެވެ.
މޯލްޑިވްސް ޕޮލިސް ސަރވިސްއިން މީޑިއާއާ ހިއްސާކުރި މެސެޖެއްގައި ބުނެފައިވަނީ، ފުލުހުންނަށް ލިބިފައިވާ ޝަކުވާތަކަކާ ގުޅިގެން މިއަދު ހއ. ކެލާއިން 9 ތަނެއް ބަލައި ފާސްކޮށްފައިވާ ކަމަށެވެ.
މީގެ އިތުރުން، މި މައްސަލައާ ގުޅިގެން 5 މީހަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސް، މިހާރު އެ ފަރާތްތައް ދޫކޮށްލާފައިވާ ކަމަށްވެސް ފުލުހުން ހާމަކޮށްފައިވެއެވެ.
ފުލުހުން އިތުރަށް ބުނެފައިވަނީ، މި ޝަކުވާތަކާ ގުޅިގެން އިތުރަށް ބަލަންޖެހޭ ކަންކަން ބަލަމުން އަންނަ ކަމަށެވެ.



