މަސްތުވާތަކެތީގެ މައްސަލައަށް ހައްލެއް ގެނައުމަށް ކުރެވޭ މަސައްކަތުގެ ތެރެއިން، މަސްތުވާތަކެތީގެ ގާނޫނަށް 89 އިސްލާހެއް ގެންނަން ސަރުކާރުގެ ފަރާތުން ރައްޔިތުންގެ މަޖިލިހަށް ހުށަހަޅައިފިއެވެ.
މި އިސްލާހު މަޖިލިހަށް ހުށަހަޅައިދެއްވީ ފުނަދޫ ދާއިރާގެ މެންބަރު މުހައްމަދު މަމްދޫހު އެވެ.
އެގޮތުން މިއަދުގެ މަޖިލިސް ޖަލްސާގައި ވާހަކަ ދައްކަވަމުން މެންބަރު މަމްދޫހު ވިދާޅުވީ މި އިސްލާހުތަކަކީ ތަންފީޒީ އިދާރާތަކަށް އިތުރު ބާރުތަކެއް ދިނުމަށް ހުށަހަޅާފައިވާ އިސްލާހުތަކެއް ކަމަށެވެ.
މީގެއިތުރުން ފުނަދޫ ދާއިރާގެ މެންބަރު ވިދާޅުވީ މި އިސްލާހުތަކާއެކު މަސްތުވާތަކެތީގެ މައްސަލަ ހައްލުކުރުމަށް ވަށާޖެހޭ މަސައްކަތްތަކެއް ކުރެވޭނެ ކަމަށާއި މީގެ ކުރިން ގާނޫނު އޮތް ގޮތުން މަސްތުވާތަކެތީގެ ވިޔަފާރީގައި އުޅޭ މީހުންނަށް ކޮންމެވެސް ވަރެއްގެ ހިމާޔަތެއް ލިބޭ ކަމަށެވެ.
ޑަބްލިއުއެޗްއޯގެ ރިޕޯޓެއްގައި ވާގޮތުން 2019 އިން 2021 އަށް ރާއްޖޭގައި މަސްތުވާތަކެތި ވިއްކުން ވަނީ 47 ޕަސަންޓު އިތުރުވެފަ އެވެ. އަދި ރާއްޖެއަށް އެތެރެކުރާ މަސްތުވާތަކެތި 30 ޕަސަންޓު އިތުރުވެފައިވާ ކަމަށް ވެސް މެންބަރު މަމްދޫހު ވިދާޅުވި އެވެ.




