ފުލުހެއްގެ ގައިގައި ދަތް އެޅި އަންހެނެއް ހައްޔަރުކޮށްފިއެވެ.
މިމައްސަލައިގައި ފުލުހުން ހައްޔަރު ކޮށްފައިވަނީ ވ. ހަފޮޅު/މާލެ، ފާތިމަތު(41އ.) އެވެ.
އޭނާގެ ބަންދާ ގުޅޭގޮތުން ކްރިމިނަލް ކޯޓުން ނެރުނު އަމުރުގައިވާ ގޮތުގައި ފާތިމަތު ހައްުޔަރު ކޮށްފައިވަނީ މާރާމާރީ ހިންގުމާއި އާންމު އުނދަގޫކުރުމުގެ އިތުރުން ފުލުހުންގެ ދައުރު އަދާކުރުމަށް ހުރަސް އެޅުމުގެ ކުށުގެ ތުހުމަތެވެ.
އޭނާގެ ބަނަދުއަމުރުގައި ބުނެފައިވާ ގޮތުގައި ފާތިމަތަކީ އާންމުކޮށް މަސްމާރުކޭޓުގެ ކެފޭއަކަށް ވަދެ އާންމުންނަށް އުނދަގޫކުރާ މީހެކެވެ. އަދި ފުލުހުން އޭނާ ހައްޔަރުކުރި ދުވަހު ވެސް އޭނާ ވަނީ އެގޮތަށް އުޅެފައެވެ.
އެ މައްސަލައިގައި އޭނާ 15 ދުވަހު ބަންދުކުރަން ވަނީ ކޯޓުން އަމުރުކޮށްފަ އެވެ.



