ފުވައްމުލައް ސިޓީގެ ގެއެއްގެ ބަންކުބެޑެއްގެ މަތީ އެނދުގައި އަޅާފައި އޮތް ގޮދަޑިއެއްގައި ރޯވި އަލިފާންގަނޑު އެމްއެންޑީއެފް އިން ނިއްވާލައިފިއެވެ.
އެމްއެންޑީއެފް އިން ބުނީ މިހާދިސާ ހިނގާފައިވަނީ ފުވައްމުލައް ސިޓީގެ ”ޝިވާ“ ނަމަކަށް ކިޔައި ގެއެއްގައި ކަމަށެވެ.
ހާދިސާގެ ރިޕޯޓު ލިބުމާއެކު އެމްއެންޑީއެފް ސަދަން އޭރިއާ ކޮމާންޑް، ފުވައްމުލަކު ފަޔަރ ސްޓޭޝަނުން ހަރަކާތްތެރިވެ އެމްއެންޑީއެފް ސަދަން އޭރިއާ ކޮމާންޑް ފުވައްމުލަކު ފަޔަރ ސްޓޭޝަނުން ހަރަކާތްތެރިވެ، މާލަސްތަކެއް ނުވެ އަލިފާންގަނޑު ވަނީ ނިއްވާލާފައެވެ.
މި ހާދިސާގެ ރިޕޯޓް ރޭ 22:05 ހާއިރު އެމްއެންޑީއެފް ސަދަން އޭރިއާ ކޮމާންޑް، ފުވައްމުލަކު ފަޔަރ ސްޓޭޝަނަށް ލިބުމާއެކު، ސިފައިންގެ ފަޔަރ ސްޓޭޝަނުގެ ފަޔަރ ފައިޓަރުން ވަނީ އެ ސަރަހައްދަށް ގޮސް އަލިފާން ނިއްވުމުގެ މަސައްކަތް ކޮށްފައި ކަމަށް އެމްއެންޑީއެފް އިން ބުނެފައިވެއެވެ. މިގޮތުން، ފަޔަރ ފައިޓަރުން ކުރި މަސައްކަތުން އަލިފާން ނިއްވާލެވުނީ ރޭ 22:40 ހާއިރެވެ.
މި ހާދިސާގައި އަލިފާން ރޯވެފައިވަނީ އެ ގޭގެ ކޮޓަރިއެއްގެ ތެރޭގައި ހުރި ބަންކު ބެޑެއްގެ މަތީގައި އަޅާފައި އޮތް ގޮނދަޑިއެއްގައެވެ. ހާދިސާ ހިނގި ވަގުތު އެ ކޮޓަރީ ތެރޭ ކުޑަ ދެ ކުދީން ތިބި ނަމަވެސް، އަލިފާނުގެ ސަބަބުން އެއްވެސް އަނިޔާއެއް އެކުދީންނަށް ލިބުނު ކަމުގެ މަޢުލޫމާތު ލިބިފައެއް ނުވެއެވެ.




