މަޖާ ކުޅިވަރުތަކާއެކު ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ (ސްޓެލްކޯ) އިން މާދަމާ ކުޑަކުދިންގެ ހަވީރެއް ބާއްވަން ނިންމައިފިއެވެ.
މި ކުޑަކުދިންގެ ހަވީރު ބޭއްވުމަށް ހަމަޖެހިފައިވަނީ ސްޓެލްކޯ އިން އަލަށް މާލޭގައި ހުޅުވާ އެ ކުންފުނީގެ ބިޒްނަސް ސެންޓަރުގައެވެ.
އެގޮތުން އެކުންފުނިން ބުނީ މާދަމާ ބޭއްވޭ މި ކުޑަކުދިންގެ ހަވީރަކީ، ވޭތުވެދިޔަ ހަ މަސްދުވަހު އެ ކުންފުނީގެ މުވައްޒަފުން ވަރަށް ބުރަކޮށް މަސައްކަތްކޮށްސްޓެލްކޯ ބިޒްނަސް ސެންޓަރު އިމާރާތް ކުރުމުގެ މަސައްކަތް ވަރަށް ފުރިހަމައަށް ނިންމާފައިވާތީ، އެ މުވައްޒަފުންގެ ހިތްވަރާއި ޖޯޝާއި މަސައްކަތުގެ ނަމޫނާ އަޙުލާޤު ފާހަގަކޮށް، އެ މުވައްޒަފުންގެ ހުނަރުވެރިކަން އެ މުވައްޒަފުންގެ ޢާއިލާއަށާއި ޢާއިލާތަކުގެ ކުޑަކުދިންގެ އިތުރުން ހުރިހާ ކުޑަކުދިންނަށް ހުޅުވާލައިގެން ބާއްވާ ޚާއްސަ ކުޑަކުދިންގެ ހަވީރެއް ކަމަށެވެ.
މިހަވީރުގައި މަޖާ ކުޅިވަރުތަކާއެކު މެސްކޮޓު ވެސް ހިމެނިގެންވެއެވެ.
ސްޓެލްކޯއިން ބާއްވާ ކުޑަކުދިންގެ ހަވީރު އޮންނާނީ މާދަމާ ހަވީރު 16:00 އިން 18:00 އަދި ރޭގަނޑު 20:00 އިން 21:30 އަށް ސްޓެލްކޯ ބިޒްނަސް ސެންޓަރު އިމާރާތުގައެވެ.



