މާލޭގެ މަގުމަތީގައި ގިނަ އަދަދެއްގެ ބިދޭސީންތަކެއް މިއަދު ހެނދުނު މުޒާހަރާކޮށްފިއެވެ.
އެގޮތުން އެ ބިދޭސީންތައް ފުރަތަމަ އެއްވީ ރައީސުލްޖުމްހޫރިއްޔާގެ ރަސްމީ ގެކޮޅުކަމަށްވާ މުލިއާގޭ ގޭދޮށަށް ކަމަށް މައުލޫމާތު ލިބެއެވެ. ފަހުން ފުލުހުން ވަނީ އެމީހުން މަޖީދިއްޔާ ސްކޫލާ ހަމައަށް ޖައްސާފައެވެ. އަދި އެސަރަހައްދަށް އެވަގުތު އިމިގްރޭޝަންގެ އޮފިސަރުން ވެސް ދިޔަކަމަށް މައުލޫމާތު ލިބެއެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލަކު ވިދާޅުވެފައިވާ ގޮތުގައި އެ ބިދޭސީންތައް މުޒާހަރާ ކޮށްފައިވަނީ މުސާރަ ނުދީގެން ކަމަށް ބުނެއެވެ.
އެބިދޭސީންތައް މިހާރު ވަނީ އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެންގޮސްފައި ކަމަށާއި އެއީ އިންޑިއާގެ 38 ބިދޭސީއަކާއި ބަންގްލަދޭޝްގެ 17 ބިދޭސީއެއް ކަމަށް ވެސް ފުލުހުން ވިދާޅުވިއެވެ.



