މިދިޔަ އަހަރުގެ ރިކޯޑު މުގުރާލައި، މިއަހަރުގެ މިހާތަނަށް ރާއްޖެއަށް 1.8 މިލިއަނަށްވުރެ ގިނަ ފަތުރުވެރިން ރާއްޖެ ޒިޔާރަތްކޮށްފިއެވެ.
ޓޫރިޒަމް މިނިސްޓްރީން އެންމެ ފަހުން އާއްމުކުރި ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި އިއްޔެގެ ނިޔަލަށް 1،877،567 ފަތުރުވެރިން ރާއްޖެއަށް ޒިޔާރަތް ކޮށްފައިވާ ކަމަށް ދައްކައެވެ. މިދިޔަ އަހަރު އެއްކޮށް ރާއްޖެއަށް އައިއިސްފައި ވަނީ 1،878،543 ފަތުރުވެރިންނެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ އަމާޒަކީ މިއަހަރު ނިމުމުގެ ކުރިން ރާއްޖެއަށް 2 މިލިއަން ފަތުރުވެރިން ގެނައުމެވެ.
މިކަމާ ގުޅިގެން ޓޫރިޒަމް މިނިސްޓަރު އިބްރާހިމް ފައިސަލް ”އެކްސް“ ގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ރާއްޖެއަށް މިދިޔަ އަހަރު ޒިޔާރަތް ކުރި ފަތުރުވެރިންގެ އަދަދު މިހާރު ވަނީ ފަހަތަށް ޖައްސާލާފައި ކަމަށެވެ. އަދި މި ކާމިޔާބީން ދައްކުވައިދެނީ ފަތުރުވެރިކަމުގެ ސިނާއަތުގައި މަސައްކަތްކުރާ ފަރާތްތަކުގެ ހިތްވަރާއި، ޒިޔާރަތްކުރާ ފަރާތްތަކުގެ އެއްބާރުލުން ކަމަށް ވެސް މިނިސްޓަރު ވިދާޅުވިއެވެ.




