މޯލްޑިވްސް އިންލޭންޑް ރެވެނިއު އޮތޯރިޓީ (މީރާ) ގެ ހުސްވެފައިވާ ބޯޑު މެމްބަރުކަމަށް ކުރިމަތިލި ފަސް ބޭފުޅެއްގެ ނަން ރައްޔިތުންގެ މަޖިލީހުގެ އިޤްތިސާދީ ކޮމިޓީއަށް މިއަދު ފޮނުވައިފިއެވެ.
އެ އޮތޯރިޓީގެ ހުސްވެފައިވާ ބޯޑު މެންބަރުކަމަށް ކުރިމަތިލުމަށް ޓެކްސްތަކާ ބެހޭ އިދާރީ ޤާނޫނުގެ ދަށުން ވަނީ އިއުލާނު ކޮށްފައެވެ.
އެ އިއުލާނާ ގުޅިގެން އެ މަޤާމަށް ކުރިމަތިލި ފަރާތްތަކުގެ ތެރެއިން، ޝަރުތު ހަމަވާ ފަރާތްތަކުގެ ނަންތަކާއި މައުލޫމާތު ރައީސުލްޖުމްހޫރިއްޔާ ވަނީ އެމަނިކުފާނު އިސްކަންދެއްވާ ތަރުތީބުން މަޖިލީހަށް ހުށަހަޅުއްވާފައެވެ. އަދި އެ ސިޓީ މަޖިލީހުގެ އަމީންއާންމު ވަނީ އިއްވަވައިދެއްވާފައެވެ.
އެގޮތުން ރައީސުލްޖުމްހޫރިއްޔާ ހުށަހެޅުއްވި ނަންތަކަކީ:
- ދަހާ ޝުހައިބް، ހ ކެރީބިއަން
- އަހުމަދު ފާއިޒު މުޙައްމަދު، އަސްރަފީހިޔާ ލ މާވަށް
- އަބްދުﷲ އިމްރާން، މާލަން ރ ހުޅުދުއްފާރު
- މަހްޒޫމް ސަލީމް، ޝަބްނަމްގެ ކ ކާށިދޫ
- އާމިނަތު އާފިޔާ މާލޭ ދަފްތަރު
އެހެންކަމުން މީރާގެ ޑިރެކްޓަރުންގެ ބޯޑަށް އައްޔަނު ކުރައްވާ ބޭފުޅެއްގެ ނަން މަޖިލީހުން ފާސް ކުރައްވައި ފޮނުއްވައިދެއްވުމަށް ރައީސްގެ އެދިވަޑައިގަތުމުގެ މަތިން، މި މައްސަލަ ދިރާސާ ކުރުމަށް އިޤްތިސާދީ ކޮމިޓީއަށް މިހާރު ވަނީ ފޮނުވާފައެވެ.



