ފެނަކަ ކޯޕަރޭޝަނުން އެ ކުންފުނީގެ މުވައްޒަފުންނަށް އަމާޒުކޮށްގެން ”ޓްރެއިނިންގ ފޯ ޓްރެއިނަރސް“ ޕްރޮގްރާމެއް ބާއްވައިފިއެވެ.
ފެނަކައިން އެކްސްގައި ކުރި ޕޯސްޓެއްގައި ބުނެފައި ވަނީ މި ޕްރޮގްރާމަކީ ފަހި ޓްރެއިނިންގ އާއި އެފްއައިޓީއާރު ގުޅިގެން ކުރިއަށް ގެންދިޔަ 15 ދުވަހުގެ ޕްރޮގްރާމެއް ކަމަށެވެ.
މި ޕްރޮގްރާމުގައި ޖުމްލަ 12 ބައިވެރިން ބައިވެރިވިކަމަށް ފެނަކައިން މަޢުލޫމާތު ދީފައިވެއެވެ.
މި ޕްރޮގްރާމުގެ މައިގަނޑު މަޤްޞަދަކީ ބައިވެރިންގެ ތަމްރީނު ދިނުމުގެ ހުނަރުތައް ހަރުދަނާކުރުމާއި، އެ ފަރާތްތަކުން ފޯރުކޮށްދޭ ތަމްރީނުތައް އިތުރަށް ހަރުދަނާކުރުމަށް އެ ފަރާތްތަކުގެ ޤާބިލުކަން އިތުރުކުރުން ކަމުގައި ފެނަކައިން ހާމަކޮށްފައިވެއެވެ.


