މާލޭގެ މެރީބްރައުން ކައިރީގަިއ ޕާކު ކޮށްފައި އޮތް ކާރެއްގައި ރޯވެ އަނދައިފިއެވެ.
މި ހާދިސާއާ ގުޅޭގޮތުން އެމްއެންޑީއެފް އިން ވިދާޅުވީ މޭރީބްރައުން ކުރިމަތީ ޕާކުކޮށްފައި އޮތް ކާރެއްގައި އަލިފާން ރޯވި ހާދިސާގެ މައުލޫމާތު އެމްއެންޑީއެފް ފަޔަ އެންޑް ރެސްކިޔު ސާވިސްއަށް ލިބުނީ މިއަދު 11:48 ހާއިރު ކަމަށެވެ.
ހާދިސާގެ މައުލޫމާތު ލިބުމާއެކު އެމްއެންޑީއެފްގެ ފަޔަރ އެންޑް ރެސްކިއު ސާވިސަސް އިން އެ ސަރަހައްދުގައި ހަރަކާތްތެރިވެ އަލިފާންގަނޑު ނިއްވުމުގެ މަސައްކަތް ކޮށްފައިވާ ކަމަށް ވެސް އެމްއެންޑީއެފް އިން ވިދާޅުވެފައިވެއެވެ.
ކާރުގައި ރޯވި އަލިފާންގަނޑު ނިއްވާލެވުނީ މެންދުރު 12:56 ހާއިރު ކަމަށް ވެސް އެމްއެންޑީއެފް އިން ވިދާޅުވެފައިވެއެވެ.
މި ހާދިސާގައި އެއްވެސް މީހަކަށް އަނިޔާއެއް ވެފައިވާކަމުގެ ރިޕޯޓެއް ލިބިފައި ނުވާ ކަމަށް ވެސް އެމްއެންޑީއެފް އިން ވިދާޅުވެފައިވެއެވެ.




