މިރޭ ހުޅުމާލެ ސެންޓްރަލް ޕާކުގައި ހަވާ އަރުވަން ހަމަជެހިފައިވާ ކަމަށް މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސް (އެމްއެންޑީއެފް) އިން މިއަދު ހާމަކޮށްފިއެވެ.
އެމްއެންޑީއެފްގެ ރަސްމީ އެކްސް އެކައުންޓުގައި ކުރި ޕޯސްޓެއްގައި ބުނެފައިވަނީ، މިރޭ 20:30 ގައި ހުޅުމާލެ ސެންޓްރަލް ޕާކުގައި ހަވާ އަރުވުމަށް ހަމަޖެހިފައިވާ ކަމަށެވެ.
މި ހަރަކާތަކީ ވިޔަފާރި އުސޫލުން ސިފައިންގެ ކޯޕަރޭޓިވް (ސިފްކޯ) އިން ކުރިޔަށް ގެންދާ ޕްރައިވެޓް އިވެންޓެއް ކަމަށްވެސް އެމްއެންޑީއެފްއިން ފާހަގަކޮށްފައިވެއެވެ.
މި ހަވާ އެރުވުމުގެ ހަރަކާތް ކުރިޔަށް ގެންދާނީ 2 މިނެޓުގެ މުއްދަތަށް ކަމަށްވެސް އެމްއެންޑީއެފްއިން މަޢުލޫމާތު ދީފައިވެއެވެ.



