ހުޅުމާލޭ ހިޔާ ފްލެޓުގެ އެޗް5 ޓަވަރުން ޒުވާން ފިރިހެން ކުއްޖަކު ވެއްޓި ނިޔާވެއްޖެއެވެ.
އުމުރުން 16 އަހަރުގެ ޒުވާން ފިރިހެން ކުއްޖަކު އެޗް5 ޓަވަރުގެ 13ވަނަ ފަންގިފިލާއިން ވެއްޓިފައިވާ ކަމުގެ މައުލޫމާތު ލިބިފައިވަނީ ރޭ ދަންވަރު 01:26 ހާއިރެވެ. އޭނާ ހުޅުމާލޭ ހޮސްޕިޓަލަށް ގެންދިޔައިރު ވެސް ނިޔާވެފާއިވާ ކަމަށް މައުލޫމާތު ލިބެއެވެ.
މަންޒަރު ދުށް ބައެއް މީހުން ”ސައުވީސް“ އަށް މައުލޫމާތު ދެމުން ބުނީ، އެކުއްޖާ އެޓަވަރުން ”އަމިއްލައަށް ފުންމާލީ“ ކަމަށް ބެލެވޭ ކަމަށެވެ. ނަމަވެސް އެކަން ރަސްމީ ފަރާތަކުން ޔަގީންވެފައެއް ނުވެއެވެ.
”ސައުވީސް“ އަށް މައުލޫމާތު ލިބިފައިވާ ގޮތުގައި ވެއްޓިފައިވަނީ ނަފްސާނީގޮތުން ބަލި ކުއްޖެކެވެ.

އޭނާ ވެއްޓުމުން އެ ސަރަހައްދުގައި ތިބި ބައެއް މީހުން އެހީވާން މަސައްކަތް ކުރާ މަންޒަރު ދައްކުވައިދޭ ވީޑިއޯއެއް ވެސް މީސްމީޑިއާގައި މިހާރު ދައުރުވަމުން އެބަދެއެވެ.
މިހާދިސާއާ ގުޅޭގޮތުން ފުލުހުންގެ ރަސްމީބަހެއް އަދިއެއް ލިބިފައެއް ނުވެއެވެ. ނަމަވެސް ފުލުހުން މިމައްސަލަ އިތުރަށް ބަލަމުންދާކަން ވަނީ އެނގިފައެވެ.




