މާލޭގެ ކެފޭއެއްގެ ތެރެއަށް ތިން މީހަކު ވަދެ ކެފޭގެ ތަކެއްޗަށް ގެއްލުންދިން މައްސަލައެއް ފުލުހުން ބަލަން ފަށައިފިއެވެ.
މިހާދިސާ ހިނގާފައި ވަނީ ހަވީރީ ހިނގުމުގައި ހުންނަ ”ލެޓްސް ކޮފީ“ ކެފޭގައެވެ.
އެމީހުން ވަނީ ކެފޭއަށް ވަދެ ކެފޭގައި ޑެކަރޭޓްކުރަން ހަރުކޮށްފައި ހުރި ބައެއް ތަކެއްޗަށް ގެއްލުންދީފަ އެވެ.
ކެފޭގައި ޑެކަރޭޓް ކުރުމަށް އެލުވާފައި ހުރި އެ ތަކެއްޗަށް ގެއްލުންދީ އެތަކެތި ނައްޓަމުންދިޔައިރު ”މިއީ ދިވެހިރާއްޖެ ކަމަށާއި މިތަނުގައި އެކަން ނުކުރެވޭނެ“ ކަމަށް އެމީހުން ބުނަމުން ދިޔައެވެ.
މީގެއިތުރުން، އެވަގުތު ކެފޭގައި ތިބި ބިދޭސީ މުވައްޒަފުން އެ މަންޒަރު ވީޑިއޯ ކުރުމުން ވީޑިއޯ ޑިލީޓް ކުރަން ވެސް އެމީހުން ވަނީ ވީޑިއޯ ޑިލީޓް ކުރަން އިންޒާރު ދީފައެވެ.
މިކަމާއި ގުޅިގެން ފުލުހުން ތަރުޖަމާނު އަހުމަދު ޝިފާން ވިދާޅުވީ ކެފޭއަށް ވަދެ ގެއްލުންދިން މައްސަލަ ފުލުހުން ބަލަމުންދާ ކަމަށާއި އަޅަންޖެހޭ ފިޔަވަޅުތައް ވެސް އަޅަމުން އަންނަ ކަމަށެވެ.
އެހެންނަމަވެސް މިމައްސަލަ އާއި ގުޅިގެން މީހަކު ހައްޔަރުކުރި ކޮށްފައިވާ ކަމެއް ފުލުހުން ހާމަކޮށްފައެއް ނުވެއެވެ.



