ދިރާސީ އަހަރު 2024-2025 ގެ ދެވަނަ ޓާމުގެ ބްރޭކުގައި ގިނަ ދިވެހިން ޗުއްޓީ ހޭދަކުރުމަށް ބޭރު ޤައުމުތަކަށް ދަތުރުކުރުމަށް ތައްޔާރުވަމުންދާއިރު، އެލައިޑް އިސްލާމިކްގެ ޓްރެވަލް ތަކާފުލް ޕްލޭންއިން ރައްކާތެރި ދަތުރަަކަށް ބޭނުންވާ ގިނަ ކަމެއް ލިބިގެންދެއެެވެ.
ބޭރު ޤައުމުތަކަށް ދަތުރުކުރާއިރު އެންމެ މުހިންމު އެއް ކަމަކީ ދިމާވެދާނެ ނުރައްކަލަކަށް ތައްޔާރުވުމެވެ. ބޭރު ޤައުމެއްގައި ކަމެއް ދިމާވެއްޖެނަމަ، އެކަމެއް ހައްލުކުރުމަކީ އަމިއްލަ ޤައުމުގައި ކުރުން ހާ ފަސޭހަ ކަމަކަށް ނުވެދާނެ ކަމަށާއި، ދިމާވާ ހާދިސާއެއްގެ ސަބަބުން ލިބޭ ގެއްލުން އެތައް ގުނައެއް އިތުރުވެދާނެ ކަމެކެވެ.
ދަތުރުމަތީގައި ޕާސްޕޯޓު ގެއްލުން، ފްލައިޓް ކެންސަލްވުން ނުވަތަ މިސްވުން، އަނިޔާއެއްވެ ބޭސްފަރުވާ ކުރަންޖެހުން އަދި ނިޔާވުން ފަދަ ކަންކަން ކުރިމަތިވެދާނެއެވެ. މިފަދަ ހާލަތްތަކަށް ތައްޔާރުވުމުގެ ގޮތުން އެލައިޑް އިސްލާމިކްގެ ޓްރެވަލް ތަކާފުލް ޕްލޭނަކީ އެންމެ ފަސޭހައިން ގަނެވޭނެ އަދި އެންމެ އެކަށީގެންވާ އިންޝުއަރެންސްއެވެ.
އެލައިޑް އިސްލާމިކްގެ ޓްރެވަލް ތަކާފުލް ޕްލޭނަކީ އެތައް ބައިވަރު ނަޒަރަކުން ރައްކާތެރިކަން ފޯރުކޮށްދޭ، އަގުހެޔޮ އަދި އިތުބާރުހުރި ޕްލޭނެކެވެ. މި ޕްލޭންގެ ދަށުން ކުއްލި ހާލަތުގައި ދިމާވާ ސިއްހީ ކަންކަމަށް ކުރަންޖެހޭ ޚަރަދާއި، ޕާސްޕޯޓު ގެއްލުމާއި ފޮށީގެ އިތުރުން އެހެނިހެން ތަކެތި ގެއްލިއްޖެނަމަ އެ ދިމާވާ ދަތިކަމަށް މާލީ ބަދަލު ލިބޭނެއެވެ. އަދި ރާވާފައިވާ ދަތުރު ވަކި ސަބަބަކާހުރެ ކެންސަލްވެއްޖެނަމަ އެކަމަށްވެސް މާލީ ބަދަލު ލިބޭނެއެވެ.



