ސްކޫލް ޗުއްޓީއާ ދިމާކޮށް މޯލްޑިވިއަން އެއާލައިންއިން އިތުރު ދަތުރުތައް އަޅަން ނިންމައިފިއެވެ.
ޗުއްޓީއާ ދިމާކޮށް އެ އެއާލައިންގެ ދަތުރުތައް އިތުރުކޮށްފައިވާކަން ހާމަކޮށް މޯލްޑިވިއަން އިން ބުނީ ޓިކެޓް ބުކް ކުރުމުގެ ފުރުސަތު މިހާރު ހުޅުވާލާފައިވާ ކަމަށެވެ.
މޯލްޑިވިއަންއިން ވަނީ ފުވައްމުލަކަށް މި މަހުގެ 16، 17 އަދި 19 ވަނަ ދުވަހު އިތުރު ދަތުރުތައް ބޭއްވުމަށް ހަމަމަޖައްސާފައެވެ. ހއ. ހޯރަފުއްޓަށް މި މަހުގެ 16 އަދި 18 ވަނަ ދުވަހު އިތުރު ދަތުރެއް އަދި އައްޑޫ ސިޓީ ގަމަށް މި މަހުގެ 16 ގައި އިތުރު ދަތުރެއް ބާއްވަން ހަމަޖެހިފައިވާއިރު، މި މަހުގެ 18 އަދި 19 ގައި ކޮންމެ ދުހަކު އިތުރު ދެ ދަތުރު ބޭއްވުމަށް ވަނީ ހަމަޖެހިފަ އެވެ.
ކޮންމެ އަހަރެއްގެ ވެސް ސްކޫލް ބަންދާއި ދިމާކޮށް ފްލައިޓްތައް އެއްކޮށް ބުކްކުރެވި، ޓިކެޓް ލިބުމަށް ދަތިވެއެވެ.


