މާލޭގައި ވައިޓަލް ރަޖިސްޓްރޭޝަންގެ ޚިދުމަތް މިހަފުތާތޭރޭގައި ދޭން ފެށުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް މާލޭ ސިޓީ ކައުންސިލުން ބުނެފިއެވެ.
މިދިޔަ ބުރާސްފަތި ދުވަހު އަލިފާނުގެ ހާދިސާ ހިނގި އިމާރާތުގައި ދެމުންދިޔަ މިހިދުމަތް އެހާދިސާގެ ސަބަބުން ހުޅުމާލެއަށް ބަދަލުކޮށްފައިވާއިރު، މިއަދު މާލެ ސިޓީ ކައުންސިލްގެ އޮފިޝަލަކު ވިދާޅުވި ގޮތުގައި ރަޖިސްޓްރޭޝަންގެ މަސައްކަތްތައް އަލުން މާލޭގައި މި ހަފުތާގެ ތެރޭގައި ފެށުމުގެ މަސައްކަތް އަންނަނީ ކުރަމުންނެވެ.
މިއަލިފާނުގެ ހާދިސާގެ ސަބަބުން، ބައެއް ލިޔެކިޔުންތައް ގެއްލި, އަނެއްބައި ލިޔެ ކިޔުމަށް ބޮޑެތި ގެއްލުންތަކެއް ލިބި ވަނީ ލިބިފައެވެ. މިހާދިސާގެ ސަބަބުން އެއިމާރާތް ބޭނުން ނުކުރޭ ވަރުވެފައިވާއިރު، މިއިމާރާތުގައި ހިނގަމުން ދިޔަ 3 މިނިސްޓްރީއެއްގެ ހިނގުން ވަނީ ވަގުތގީ ގޮތުން ދަރުބާރުގެއަށް ބަދަލުކޮށްފައެވެ.
މީގެއިތުރުން ފުލުހުން ވަނީ މިހާދިސާ ހިނގަން މެދުވެރިވި ސަބަބު ތަހުގީގު ކުރުމަށް ބޭރުގެ ތަޖުރިބާކާރުންގެ އެހީ ހޯދުމަށް ނިންމާފައެވެ.



