ރާއްޖެއަށް މިއަހަރުގެ މިހާތަނަށް ޒިޔާރަތްކުރި މީހުންގެ އަދަދު 1.9 މިލިއަނަށް އަރައިފިއެވެ.
ޓޫރިޒަމް މިނިސްތްރީން އާންމުކުރި ތަފާސް ހިސާބުތަކުން ދައްކާ ގޮތުގައި މިމަހުގެ 14 އާ ހަމައަށް 1،920،119 ފަތުރުވެރިން ރާއްޖެއަށް ވަނީ ޒިޔާރަތްކޮށްފައެވެ. މިއަދަދަކީ މިދިޔަ އަހަރުގެ މިހާތަނަށް ޒިޔާރަތްކުރި 1،763،710 ފަތުރުވެރިންނާ އަޅާ ބަލާއިރު %8.9 އިތުރު އަދަދެކެވެ. ރާއްޖެއަށް މިހާރު އެވްރެޖްކޮށް ކޮންމެ ދުވަހަކު 5،892 ފަތުރުވެރިން ޒިޔާރަތް ކުރާކަމަށް ވެސް ހިސާބުތަކުން ދައްކައެވެ.
އެ މިނިސްޓްރީން އާންމުކުރި ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި މިމަހުގެ ފުރަތަމަ ދުވަހުން ފެށިގެން 14 ވަނަ ދުވަހާ ހަމައަށް އެކަނިވެސް 82،484 ފަތުރުވެރިން ރާއްޖެއަށް ވަނީ ޒިޔާރަތްކޮށްފައެވެ.
ރާއްޖެއަށް މިއަހަރު އެންމެ ގިނަ ފަތުރުވެރިން ޒިޔާރަތްކޮށްފައިވަނީ ޗައިނާ، ރަޝިއާ އަދި އިނގިރޭސިވިލާތުންނެވެ.
އެގޮތުން ޗައިނާއިން ޗައިނާއިން 257،794 ފަތުރުވެރިން، ރަޝިޔާއިން 212،685 ފަތުރުވެރިން އަދި އިނގިރޭސިވިލާތުން 168،460 ފަތުރުވެރިން މިހާތަނަށް ރާއްޖެއަށް ޒިޔާރަތް ކޮށްފައިވެއެވެ.
އްޖެއަށް ފަތުރުވެރިން އަންނަ މިންވަރު ދުވަހުން ދުވަހަށް އިތުރުވަމުން އަންނައިރު ކޮންމެ އަހަރެއްގެ ޑިސެމްބަރުން ފެށިގެން ޕީކް ސީޒަނަށް ރާއްޖެ އަންނަ ފަތުރުވެރިންގެ އަދަދު އިތުރުވެއެވެ. އެގޮތުން މިދިޔަ އަހަރުވެސް އެންމެ ގިނައިން ރާއްޖެއަށް ފަތުރުވެރިން އައިސްފައިވަނީ ޑިސެމްބަރު މަހުގައިކަން ފާހަގަކޮށްލެވެއެވެ.




