ރ. ދުވާފަރުގެ އެމްޑީޕީ ކައުންސިލަރު މަރިޔަމް ޔަޝްފާ ފުލުހަށް ހާޒިރު ނުކުރަން ނިންމައިފިއެވެ.
ފުލުހުން ވަނީ ކާނިވާ ސަރަހައްދުގައި މި މަހުގެ 10 ވަނަ ދުވަހުގެ އެމްޑީޕީން ބޭއްވި ޖަލްސާއެއްގައި ”ތީ ބަހުލޫލެކޭ“ ކީ ދުވާފަރު ކައުންސިލަރު މެންބަރު ޔަޝްފާ މާދަމާ ހެނދުނު 10:30 އަށް ހާޒިރުވުމަށް އަންގާފައެވެ.
ނަމަވެސް ޔަޝްފާ ހާމަކޮށްފައިވާ ގޮތުގައި ފުލުހުން ވަނީ މިހާރު ހާޒިރު ނުވިޔަސް އެންމެ ރަނގަޅު ކަމަށް އަންގާފައެވެ. ނަމަވެސް ހާޒިރު ނުކުރަން ނިންމި ސަބަބެއް ހާމަކޮށްފައި ނުވާކަމަށް ފުލުހުން ބުނެފައިވެއެވެ.
އެމްޑީޕީ ޖަލްސާގައި ޔަޝްފާ ބުނެފައި ވަނީ ”ތިއީ ބަހުލޫލެކޭ، ތިއީ ޝައިތާނެކޭ، މަށާ ކައިރި ނުވާށޭ، މަށާ ކައިރި ނުވާށޭ“ އެވެ.



