ތ. މަޑިފުށިން މީހަކު ގެއްލިގެން ހޯދަން ފަށައިފިއެވެ.
ފުލުހުން ދާދި ދެންމެއަކު އެކްސްގައި ކުރި ޕޯސްޓެއްގައި ގެއްލިގެން ހޯދާކަމަށް ބުނެފައި ވަނީ ތ. މަޑިފުށި / ބޮންތި، ޙަސަން ނިހާލު، (34އ) އެވެ.
ނިހާލު އާއިލާއަށް ޚަބަރެއްނުވެ ގެއްލިފައިވާ ކަމަށް ބުނެ ފުލުހުންނަށް މި މަހުގެ 15 ވަނަ ދުވަހު ރިޕޯޓުކޮށްފައިވާއިރު، ފުލުހުން ވަނީ ނިހާލުގެ އެއްވެސް މައުލޫމާތެއް ލިބިފައިވާ ފަރާތެއް ވާނަމަ ފުލުހުންގެ ހޮޓްލައިން ނަންބަރު 3322111 އަށް ނުވަތަ މަޑިފުށި ޕޮލިސް ސްޓޭޝަންގެ ނަންބަރު 9868475 އަށްށް ގުޅައި ހިއްސާކުރުމަށް އެދިފައެވެ.
ނިހާލުގެ އިތުރުން އައްޑޫސިޓީން ފުރައިގެން މާލެއަށް ދަތުރުކުރި ބޯޓަކުން ނޭޕާލު ރައްޔިތަކު ގެއްލިގެން ހޯދުމުގެ މަސައްކަތް އެމްއެންޑީއެފްއިން ކުރަމުންދާކަމަށް މިއަދު ފުލުހުން ބުނެފައިވެއެވެ.



