މާރާމާރީ ހިންގި މައްސަލައަކާ ގުޅިގެން އުމުރުން 18 އަހަރުގެ ދެ މީހަކު ހައްޔަރު ކޮށްފިއެވެ.
މި މައްސަލާގައި ހައްޔަރުކޮށްފައި ވަނީ ހ. ފޯސީޒަން, އަހްމަދު އާހިލް މުނާޒް އާއި ގދ. ތިނަދޫ ގުލްބަކާގެ / އަބްދުالله އިސްރާގް އެވެ.
އެމީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކްރިމިނަލް ކޯޓަށް ހާޒިރު ކުރުމުން ތަހުގީގު މަރުހަލާއާއި ޝަރީޢަތުގެ މަރުހަލާ ނިމެންދެން ބަންދު ކުރުމަށް ކޯޓުން ވަނީ އަމުރުކޮށްފައެވެ.
އެގޮތުން ކޯޓު އަމުރުގައި ބުނެފައިވަނީ އެ ދެ މީހުން ވެސް ބަންދުގައި ބަހައްޓަން ޖެހޭ ހާލަތް ހިމެނޭ ކަމަށާއި އެއީ ބިރުދެއްކުމާއި، ނުރައްކާތެރި ހަތިޔާރާއި ތޫނު އެއްޗެހި ގެންގުޅުން މަނާކުރުމުގެ ގާނޫނަށް ރިއާޔަތްކޮށް މުޖުތަމައުގެ ސަލާމަތާއި ރައްކާތެރިކަމަށްޓަކައި ކަމަށެވެ.
އެ މީހުން ހިންގި މާރާމާރީއާ ގުޅޭ ގޮތުން އަމުރުގައި ބުނެފައިވަނީ ފުލުހުން ސީސީޓީވީ ފުޓޭޖް ހުށަހަޅާފައިވާ ކަމަށާއި އެތަނުން އެކަކު ލަކުޑި ފަތިބުރިއެއް އެއްލާލާ މަންޒަރު އެ ފުޓޭޖުން ފެންނަ ކަމަށެވެ. އަދި އެއީ ގްރޫޕް ހަދައިގެން ހިންގާފައިވާ ނުރައްކާތެރި އަމަލެއްކަން ފާހަގަކޮށް އިންވެސްޓިގޭޓިންގް އޮފިސަރު ބުނެފައިވަނީ މީގެ ކުރީގެ މައްސަލައެއްގެ ބަންދުން އެމީހުން ދޫކޮށްލި ޝަރުތާ ވެސް އެމީހުން ހިލާފްވެފައިވާ ކަމަށެވެ.



