ތ. މަޑިފުށިން ގެއްލިގެން ހޯދަމުން ދިޔަ މީހާ ފެނިއްޖެއެވެ.
ގެއްލިގެން ހޯދަން ފުލުހުން އިއްޔެ އިއުލާނު ކޮށްފައިވަނީ އެރަށު ބޮންތި، ހަސަން ނިހާލު (34އ.) އެވެ.
އެގޮތުން ފުލުހުން އިއްޔެ ވިދާޅުވީ އާއިލާއަށް ހަބަރެއް ނުވެ ނިހާލު ގެއްލިފައިވާކަމަށް ރިޕޯޓު ކޮށްފައިވަނީ މިމަހުގެ 15 ވަނަ ދުވަހު ކަމަށެވެ. އަދި އޭނާގެ އެއްވެސް ހަބަރެއްވެފައިވާނަމަ ފުލުހުންނަށް މައުލޫމާތު ދެއްވުމަށް ވެސް އެދިލައްވާފައިވެއެވެ.
ފުލުހުން މިއަދު ”އެކްސް“ ގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ނިހާލު އިއްޔެގެ ވަގުތެއްގައި ފެނިފައިވާ ކަމަށް އާއިލާއިން ފުލުހުންނަށް މައުލޫމާތު ދީފައިވާ ކަމަށެވެ. މިކަމާ ގުޅިގެން އިތުރު ތަފްސީލެއް ފުލުހުން ހާމަކުރައްވާފައެއް ނުވެއެވެ.




