އަންނަ އަހަރު ދައުލަތުގެ ބަޖެޓުން ފައިސާ ދިނުމަށް ޝަރުތު ހަމަވަނީ 5 ސިޔާސީ ޕާޓީއަކަށް ކަމަށް އިލެކްޝަންސް ކޮމިޝަނުން ބުނެފިއެވެ.
ސިޔާސީ ޕާޓީތަކުގެ ޤާނޫނުގައި ރާއްޖޭގައި ހިންގާ ސިޔާސީ ޕާޓީތަކުގެ ތެރެއިން، ދައުލަތުގެ ބަޖެޓުން ފައިސާ ދޫކުރަން ވާނީ 10،000 މެންބަރުން ހަމަވާ ޕާޓީތަކަށް އެކަނި ކަމަށާއި ސިޔާސީ ޕާޓީ ހިންގުމަށް ދައުލަތުގެ ބަޖެޓުން ދޭ ފައިސާއަކީ ދައުލަތުގެ އަހަރީ ބަޖެޓްގެ 1.0 އިންސައްތައާއި %0.2 އިންސައްތައާ ދެމެދުގެ ޢަދަދަކަށް ވާންޖެހޭނެ ކަމަށް ބަޔާންކޮށްފައިވެއެވެ.
އަންނަ އަހަރުގެ ބަޖެޓް ފާސްކުރުމާއި ހަމައަށް އެމްޑީޕީ އާއި ޕީއެންސީ އާއި އަދާލަތު ޕާޓީ އާއި ޖުމްހޫރީ ޕާޓީގެ އިތުރުން އެމްޑީއޭގައި 10،000 މެމްބަރުން ހަމަވެފައިވާއިރު ގާނޫނު ބަޔާންކޮށްފައިވާ ގޮތުގެ މަތިން ފައިސާ ދޫކުރަން ޖެހެނީ ޑިސެމްބަރު 31 ގެ ނިޔަލަށް މެމްބަރުން ތިބި އަދަދަށް ބަލައި މެމްބަރުންގެ ނިސްބަތުންނެވެ.
މިއަހަރުގެ ބަޖެޓުން ހަ ސިޔާސީ ޕާޓީއަކަށް 44 މިލިއަން ރުފިޔާ ދޫކޮށްފައިވެއެވެ.



