ބިންވެރިޔާ ސްކީމްގެ ދަށުން ގޯތި ނުލިބޭ ބަޔަކަށް ގޯތިތަކެއް ދީފައިވާކަމަށް ބެލެވޭ މައްސަލައެއް ފެންމަތިވުމާއި ގުޅިގެން، އެމައްސަލައިގައި ޖިނާއީ ތަހުގީގެއް ހިނގަން ފުލުހުން ފަށައިފިއެވެ.
ބިންވެރިޔާ ސްކީމްއަށް ޝަރުތު ހަމަނުވާ ބަޔަކަށް ގޯތި ދޫކޮށްފައިވާކަން ބުނެ މިހާރު މީސްމީޑިއާގައި ދައުރުވަމުންދާ ލިސްޓެއްގައި މުހައްމަދު ފަޒީލް ރަޝީދާއި އަބްދުލް މަޖީދު މާހިރު ނަމަކަށް ކިޔާ މީހެއްގެ ނަން ހިމެނެއެވެ
”ބިންވެރިޔާ ސްކީމްގެ ދަށުން ގޯތި ނުލިބޭ ބަޔަކަށް ގޯތިތަކެއް ދީފައިވާކަމަށް ބެލެވޭ މައްސަލައެއް ފެންމަތިވުމާއި ގުޅިގެން އެމައްސަލައިގައި ޖިނާއީ ތަހުގީގެއް ފުލުހުން ގެންދަނީ ހިންގަމުން“ ފުލުހުން ބުނެފައިވެއެވެ.
މިމައްސަލަ އާއި ގުޅިގެން ޖިނާއީ ތަހުގީގެއް ފުލުހުން ފަށާފައިވާ ކަމަށާއި ސީރިއަސް މައްސަލައެއްގެ ގޮތުގައި ބަލަމުންދާނެ ކަމަށް މައުލޫމާތު ލިބިފައިވެއެވެ.




