ސަރުކާރުގެ ފަރާތުން ގޯތި ލިބިފައިވާ އެއްވެސް މީހެއްގެ ޙައްޤަކަށް އެއްވެސް އުނިކަމެއް ނާންނާނެކަމުގެ ޔަގީންކަން ސަރުކާރުން ދެއްވައިފިއެވެ.
ރައީސް އޮފީހުގެ ތަރުޖަމާނު ހީނާ ވަލީދު ވިދާޅުވީ ފުލުހުން އިސްނަގައިގެން އެޗްޑީސީގައި ކުރިއަށްގެންދާ ޖިނާއީ ތަޙުޤީޤު މިނިވަންކަމާއެކު ބާރަށް ކުރިއަށް ގެންދިއުމަށް ޖާގަ ދިނުމަށް، އެޗްޑީސީގެ ބޯޑުގެ ޗެއަރމަން ފިޔަވައި، ކުންފުނީގެ މެނޭޖިންގ ޑިރެކްޓަރާއި އެހެން ހުރިހާ މެންބަރުން ތަޙްްޤީޤު ނިމެންދެން ސަސްޕެންޑް ކުރައްވާފައިވާކަމަށެވެ.
އެގޮތުން ބިންވެރިޔާ ސްކީމްގެ ދަށުން ގޯތި ލިބިފައިވާ އެއްވެސް ފަރާތެއްގެ އެއްވެސް ޙައްޤަކަށް އުނިކަމެއް ލިބިފައިނުވާކަމަށާއި ނުވެސް ލިބޭނެކަމުގެ ޔަޤީންކަން ސަރުކާރުން ދެއްވާ ކަމަށް ހީނާ ވަލީދު ވިދާޅުވިއެވެ.
ފުލުހުން ތަހުގީގު ކުރަމުންގެންދާ މިމައްސަލައާ ގުޅިގެން ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑު، ޕީސީބީން ވަނީ އެޗްޑީސީގެ ބޯޑު މެންބަރުންގެ ތެރެއިން ޗެއަރމަން ފިޔަވައި ހުރިހައި މެންބަރުން ސަސްޕެންޑްކޮށްފައެވެ. އަދި އެޗްޑީސީގެ މެނޭޖިން ޑިރެކްޓަރުގެ މަގާމުގައި ހުންނެވި އިބްރާހިމް ފަޒުލް ރަޝީދު ޕީސީބީން ވަކި ގޮތެއް އަންގަންދެން އޮފީހަށް ނުނުކުންނަގޮތަށް ސަސްޕެންޑް ކޮށްފައިވާ ކަމަށްވެސް ޕީސީބީން ވިދާޅުވިއެވެ.




