ރާއްޖޭގެ އިގުތިސާދީ ސަރަހައްދުގައި ހުއްދަނެތި މަސްވެރިކަން ކުރަމުންދިޔަ ބޯޓެއް ދިވެހި ސަލާމަތީ ބާރުތަކުން ހިފަހައްޓައިފިއެވެ.
މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސް (އެމްއެންޑީއެފް) އިން އެކްސްގައި ޙިއްސާކުރި ޕޯސްޓެއްގައި ބަޔާންކޮށްފައިވާ ގޮތުގައި، މި ބޯޓު ހިފެހެއްޓީ ރާއްޖޭގެ ކަނޑުގެ ސަރަހައްދުގައި ޤާނޫނާ ޚިލާފަށް މަސްވެރިކަން ކުރަމުންދަނިކޮށެވެ.
މިއީ ކޮން ގައުމަކަށް ނިސްބަތްވާ ބޯޓެއްކަމެއް އަދި ބޯޓުގައި ކިތައް ފަޅުވެރިން ތިބި ކަމެއް އެމްއެންޑީއެފް އިން ހާމަކޮށްފައެެއް ނުވެއެވެ.
ވޭތުވެދިޔަ އަހަރުތަކުގައި ވެސް އިންޑިއާ އަދި ސްރީލަންކާގެ މަސްވެރި އުޅަނދުފަހަރު ރާއްޖޭގެ ކަނޑުގެ ސަރަހައްދަށް ވަދެ، ގަވާއިދާ ޚިލާފަށް މަސްވެރިކަން ކުރަމުންދަނިކޮށް އެމްއެންޑީއެފް އިން ވަނީ ހިފެހެއްޓާފައެވެ.



