ގަލޮޅުގެ އިތުރު ގެއަކުން މީހަކު ނިޔާވެފައި އޮއްވާ ރޭ ދަންވަރު ފެނިއްޖެއެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލަކު ވިދާޅުވީ މާލޭގެ ގަލޮޅުގައި ހުންނަ ގެއެއްގެ ތެރެއިން ޚަބަރު ހުސްވެފައި މީހަކު އޮތް ކަމުގެ މައުލޫމާތު ރޭ ދަންވަރު 01:27 ހާއިރު ފުލުހުންނަށް ރިޕޯޓު ކޮށްފައިވާ ކަމަށެވެ.
އެމީހާ އައިޖީއެމްއެޗް އަށް ގެންދިޔައިރުވެސް ނިޔާވެފައިވާ ކަމަށް އެ ހޮސްޕިޓަލާ ހަވާލާދީ ފުލުހުން ވިދާޅުވެފައިވެއެވެ.
ނިޔާވެފައިވަނީ ގ. ބިއުޓީ ވިލާ، ދާއޫދް ޖިމްރީޒް (445އ.) ނަމަކަށް ކިޔާ މީހެކެވެ.
އިތުރު ތަފްސީލު އަންނަނީ


