ފެނަކަ ކޯޕަރޭޝަންގެ ކުރީގެ މެނޭޖިންގް ޑިރެކްޓަރ މުހައްމަދު މުއާޒްއަށް ސަރުކާރުން ކޮރަޕްޝަންގެ ތުހުމަތުތަކެއް ކޮށްފައިވާ ކަމަށް ބުނެ ދެކެވޭ ވާހަކަތައް އޭނާ ދޮގުކޮށްފިއެވެ.
މުއާޒް ފެނަކައިގެ އެމްޑީ ކަމުގެ މަގާމުން އިސްތިއުފާ ދެއްވީ މިއަދުއެވެ. އެއާއެކު އޭނާގެ މައްޗަށް ސަރުކާރުން ކޮރަޕްޝަންގެ ތުހުމަތުތަކެއް ކޮށްފައިވާ ކަމަށް ބުނެ މީސްމީޑިއާގައި ވަނީ އަޑުތަކެއް ފެތުރިފައެވެ.
އެގޮތުން މީސްމީޑިއާގައި ބުނެފައިވަނީ މުއާޒްގެ މައްޗަށް ކޮރަޕްޝަންގެ ތިން ތުހުމަތެއް ކުރާ ކަމަށެވެ.
އެ ތުހުމަތުތަކަކީ:
° ޤާނޫނާ ޚިލާފު ޕްރޮކިއުމަންޓް،
° މާލީ ކަންކަން އޮޅުވައިލުން، އަދި
° ނެޕޮޓިޒަމް އެންޑް ޕެޓްރަނޭޖް ހަޔަރިންގް ގެ ތުހުމަތެވެ.
މުއާޒް ވަނީ ”އެކްސް“ މެދުވެރިކޮށް މި ހުރިހާ ތުހުމަތުތަކެއް ވެސް ދޮގު ކުރައްވާފައެވެ.
އެގޮތުން އޭނާ ވިދާޅުވީ އޭގެ އެއްވެސް ތުހުމަތެއް ސަރުކާރުން އޭނާގެ މައްޗަށް ނުކުރާ ކަމަށެވެ. އަދި ހަގީގަތް އޮޅުވާލަން ނޫޅުމަށާއި ދައްކަން ޖެހިއްޖެނަމަ ދައްކަން ”ލައްކަ ވާހަކަ“ އެބަހުރި ކަމަށެވެ.




