ވެހިކަލް ދޮވުމުގެ މަސައްކަތުގައި، ރާއްޖޭގައި ގަވާއިދާ ޚިލާފަށް އުޅުނު ބިދޭސީންތަކެއް މޯލްޑިވްސް އިމިގްރޭޝަނުން އަތުލައިގެންފިއެވެ.
އިމިގްރޭޝަނުން ބުނީ ހުޅުމާލޭގެ ފޭސް 1 އަދި 2ގެ އެކި ސަރަހައްދުތަކުގައި ގަވާއިދާ ހިލާފަށް ވެހިކަލް ދޮވެ ސާފުކުރުމުގެ މަސައްކަތް ކުރަމުންދާ ބިދޭސީންނަށް އަމާޒުކޮށް އިއްޔެ ރެއިޑު އޮޕަރޭޝަނެއް ހިންގާފައިވާ ކަމަށެވެ.
އެގޮތުން ސައްހަ ވިސާއެއް ނެތް 08 ބިދޭސީއަކު ވަނީ އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެނެވިފައިވާ ކަމަށް އިމިގްރޭޝަނުން ބުނެފައިވެއެވެ.
ރާއްޖޭގައި ގަވާއިދާ ޚިލާފަށް އުޅޭ ބިދޭސީންގެ މައްސަލަ ބަލައި، މި މައްސަލައަށް ހައްލެއް ގެނައުމުގެ މަސައްކަތްތަށް ކޮންމެ ދުވަހަކު ވެސް އިމިގްރޭޝަނުން ދަނީ ކުރަމުންނެވެ.



