މިއަހަރުގެ މިއަދާ ހަމައަށް ޒަކާތު ފަންޑަށް 98.6 މިލިއަން ރުފިޔާ ލިބިފައިވާ ކަމަށް އިސްލާމިކް މިނިސްޓަރ ޑރ. މުޙައްމަދު ޝަހީމް ޢަލީ ސައީދު ވިދާޅުވެއްޖެއެވެ.
މީޑިއާތަކަށް ފޮނުއްވި މެސެޖެއްގައި މިނިސްޓަރ ވިދާޅުވީ މިއާ ރާއްޖޭގެ ތާރީޚުގައި ވެސް އަހަރެއްގެ ތެރޭގައި ޒަކާތު ފަންޑަށް އެންމެ ގިނަ އަދަދަކަށް ފައިސާ ލިބުނު އަހަރު ކަމަށެވެ.
މިނިސްޓަރ ވިދާޅުވީ، އަމާޒަކީ އަހަރަކު 100 މިލިއަން ރުފިޔާ ޒަކާތު ފަންޑަށް ހޯދުން ކަމަށެވެ. އަދި އެއާއެކު ޒަކާތުގެ ހައްޤުވެރިންނަށް ފުޅާ ދާއިރާއެއްގައި އެހީތެރިވުން ކަމަށް ވެސް މިނިސްޓަރ ވިދާޅުވި އެވެ.
މިއީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުން ޒަކާތުގެ ހާއްސަ އިދާރާއެއް އުފެެއްދުމުގެ ހެޔޮ ނަތީޖާ ކަމުގައި ވެސް މިނިސްޓަރ ޝަހީމް ވިދާޅުވިއެވެ.
ރާއްޖޭގެ ޒަކާތު ހައުސްގެ އެހީގައި ފަލަސްތީނުގެ ގާޒާގެ އަލް ޝިފާ އަދި އަލް ހަޔާތު ހޮސްޕިޓަލުގެ ބަލިމީހުންނަށް 6،000 ފެން ކޭސް ވަނީ ފޯރުކޮށްދީފަ އެވެ.



