ގަވައިދާ ޚިލާފަށް ރާއްޖޭގެ އިޤްތިޞާދީ ސަރަހައްދަށް އެތެރެވި މަސްބޯޓެއް މިއަދު އަތުލައިގެންފިއެވެ.
އެމްއެންޑީއެފް އިން ވިދާޅުވީ އެ މަސް ބޯޓު ލޮކޭޓް ކުރީ ޑްރޯންގެ އެހީގައި ކަމަަށާއި އަދި މިހާރު އެ ބޯޓު އޮތީ ކޯސްޓުގާޑުގެ ބެލުމުގެ ދަށުގައި ކަމަށެވެ.
އެއީ ކޮން ޤައުމެއްގެ ބޯޓެއްކަމެއް އެމްއެންޑީއެފް އިން އަދިއެއް ހާމަކޮށްފައެއް ނުވެއެވެ.
އެމްއެންޑީއެފުން ވަނީ މިދިޔަ މަހު ވެސް ރާއްޖެ ސަރަހައްދަށް ގަވައިދާ ހިލާފަށް ވަދެ އުޅުނު ބޯޓެއް، ޑްރޯނުގެ އެހީގައި ހޯދާފަ އެވެ.




