ހުޅުމާލެ ދެވަނަ ފިޔަވަހީގައި ރޭ ހިނގި ނުރައްކާތެރި އެކްސިޑެންޓެއްގައި 18 އަހަރުގެ ޒުވާނަކު ބޮޑަށް އަނިޔާވެ، ފަރުވާދޭން ފަށައިފިއެވެ.
ފުލުހުންގެ ހާމަކޮށްފައިވާ ގޮތުގައި މި ހާދިސާ ހިނގާފައިވަނީ ރޭ 1:50 ހާއިރުއެވެ. އަދި މި ހާދިސާގައި އަނިޔާވި ޒުވާނާގެ ހާލަތު ވަރަށް ސީރިއަސްކަމަށް ހުޅުމާލެ ހޮސްޕިޓަލުން ފުލުހުންނަށް މައުލޫމާތުދީފައިވާ ކަމަށް ފުލުހުން ބުނެފައިވެއެވެ.
މިހާދިސާ އާއި ގުޅޭ އިތުރު މައުލޫމާތު ފުލުހުން އަދި ހާމަކޮށްފައި ނުވާއިރު، މި ހާދިސާގެ ތަޙްޤީޤު ކުރަމުންދާ ކަމަށް ފުލުހުން ބުނެފައިވެއެވެ.
މިއެކްސިޑެންޓުގެ ވީޑިއޯ މީސްމީޑިއާގައި އާއްމުވެފައިވާއިރު، ވީޑިއޯގައި ސައިކަލަކާއި ފުލުހުންގެ ކާރަކާ ޖެހި އެކްސިޑެންޓު ވާތަން ފެނިގެންދެއެވެ.



