ޅ. އަތޮޅުގައި ހިންގައި ރިސޯޓެއްގައި ސްނޯކްލިންގަށް ގޮސް އުޅުނު ފަތުރުވެރިއަކު މަރުވެފައި އޮއްވާ ފެނިއްޖެއެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލަކު ވިދާޅުވީ ޅ. އަތޮޅު ރިސޯޓެއްގައި ޗުއްޓީ ހޭދަ ކުރަމުންދިޔަ ޖަޕާނަށް ނިސްބަތްވާ އުމުރުން 70 އަހަރުގެ ފިރިހެން ފަތުރުވެރިއަކު ސްނޯކްލިންގަށް ގޮސް އުޅެނިކޮށް މޫދުގައި މަރުވެފައި އޮއްވާ ފެނިފައިވާ މައްސަލަ 27 ޑިސެމްބަރު 2024 ވަނަ ދުވަހުގެ 8:33 ހާއިރު ފުލުހުންނަށް ރިޕޯޓުކޮށްފައިވާ ކަމަށެވެ.
އަދާހަމަ: ޖަޕާނުގެ ނޫހަކުން އެނގިފައިވާ ގޮތުގައި މަރުވެފައިވަނީ ޖަޕާންގެ މަޖިލިސް މެންބަރެއް ކަމަށްވާ ތޮޝިޔުކީ އަޑަޗީ އެވެ.
އެ ނޫހުން ރިޕޯޓްކޮށްފައިވާ ގޮތުގައި، އޭނާ މަރުވެފައިވަނީ މޫދުގައި ހިނގި އެކްސިޑެންޓެއްގަ އެވެ.
މިމައްސަލަ ފުލުހުން ގެންދަނީ އިތުރަށް ތަހުގީގު ކުރައްވަމުންނެވެ.



