ރާއްޖެއަށް އެތެރެކުރަން އުޅުނު 2.4 ކިލޯގެ މަސްތުވާތަކެތި ކަސްޓަމްސް އިން އަތުލައިގެންފިއެވެ.
ކަސްޓަމްސް އިން ރޭގައި ހާމަކުރި ގޮތުގައި މިތަކެތި އަތުލައިގެންފައިވަނީ 26 ޑިސެމްބަރު 2024 ވަނަ ދުވަހު، ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުންނެވެ.
ވައިގެ މަގުން ރާއްޖެއަށް އެތެރެކުރަން އުޅުނު 2.4 ކިލޯގެ މި މަސްތުވާތަކެތީގެ ތެރޭގައި ހިމެނެނީ 0.32 ކިލޯގްރާމް ހިރޮއިން އާއި 2.1 ކިލޯގްރާމް މެފެޑްރޯން އެވެ.
ރާއްޖެއަށް މަސްތުވާތަކެތި އެތެރެކުރުން ހުއްޓުވުމަށް މޯލްޑިވްސް ކަސްޓަމްސް ސާވިސަސްއިން ގިނަ މަސައްކަތްތަކެއް ދަނީ ކުރަމުންނެވެ.
އެގޮތުން މި މަހުގެ 13 ވަނަ ދުވަހުވެސް ވައިގެ މަގުން ރާއްޖެ އެތެރެކުރަން އުޅުނު 235 ގްރާމްގެ ކެނެބިސް ވެސް ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން އަތުލައިގެންފައިވެ އެވެ. އަދި މިދިޔަ މަހުގެ 30 ވަނަ ދުވަހު ރާއްޖެ އެތެރެކުރަން އުޅުނު 395 ގްރާމްގެ ކޮކެއިންވެސް އެއާޕޯޓުން ހިފަހައްޓާފައިވާ ކަމަށް ކަސްޓަމްސްއިން ބުނެފައިވެއެވެ.



