ފަތުރުވެރިކަމުގައި ރާއްޖެއަށް ލިބުނު ކާމިޔާބީއާއެކު 2025ވަނަ އަހަރު ފަތުރުވެރިކަމުގެ އާމްދަނީގެ ޓާގެޓެއްގޮތުގައި ފަސް ބިލިއަން ޑޮލަރު ކަނޑައަޅާފައިވާ ކަމަށް މޯލްޑިވްސް މާކެޓިންގ އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރުސީ/ ވިޒިޓް މޯލްޑިވްސް)އިން މިއަދު އިއުލާން ކޮށްފިއެވެ.
މިކަން މިއަދު އެމްއެމްޕީއާރުސީގެ މައި އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އިއުލާން ކުރެއްވީ އެމްއެމްޕީއާރުސީގެ ޗެއާޕާސަން އަބްދުﷲ ގިޔާސް އާއި ސީއީއޯ އަދި އެމްޑީ އިބްރާހިމް ޝިއުރީ އެވެ.
2024: ފަތުރުވެރިކަމުގެ ދާއިރާގައި މައިލްސްޓޯންތަކުގެ އަހަރެއް
ދެ މިލިއަން ފަތުރުވެރިންނަށް މަރުހަބާ ކިޔައި، ފެބްރުއަރީ މަހު ރާއްޖެއިން ވަނީ މަހުން މަހަށް އަންނަ ފަތުރުވެރިންގެ ރެކޯޑާއި ދުވަހުން ދުވަހަށް އަންނަ ފަތުރުވެރިންގެ އައު ރެކޯޑެއް ގާއިމްކޮށްފައިވެއެވެ. މި ކާމިޔާބީގައި އެމްއެމްޕީއާރުސީގެ ހަރަކާތްތަތް މުހިންމު ދައުރެއް އަދާކުރިއެވެ. މި ހަރަކާތްތަކުގެ ތެރޭގައި 23 ފެއާ އާއި ރޯޑްޝޯ، 15 ސޯޝަލް މީޑިއާ ކެމްޕޭން އަދި 23 ވާޗުއަލް އިވެންޓް ހިމެނެއެވެ. މީގެ ތެރެއިން ދިވެހިރާއްޖޭގެ ތަފާތު ތަޖުރިބާތައް ދައްކާލުމަށް ކުރިއަށްގެންދިޔަ ”ޑިސްކަވަރ މޯލްޑިވްސް“ ވެބިނާ ސީރީޒް ފާހަގަކޮށްލެވެއެވެ.
މީގެއިތުރުން އައިޓީބީ ބާލިން 2024 އާއި އޭޓީއެމް ދުބާއީ 2024 ގައި މިއަހަރު ބައިވެރިވީ ދިވެހިރާއްޖޭގެ ފަތުރުވެރިކަމުގެ ދާއިރާގެ މަަންދޫބުންގެ އެންމެ ބޮޑު ވަފުދަތަކަށް ވުމާއެކު، ދިވެހިރާއްޖެއިން ވަނީ މި މުހިންމު އިވެންޓްތަކަށް ވަރުގަދަ ކޮމިޓްމަންޓެއް ދައްކާފައެވެ. މުހިންމު ފިޔަވަޅެއްގެ ގޮތުން ދިވެހިރާއްޖެ އިން ފުރަތަމަ ފަހަރަށް އައިޓީބީ ޗައިނާގެ ހޯސްޓް ކަންޓްރީ ސްޕޮންސަރުގެ ގޮތުގައި މަސައްކަތްކޮށް، ޗައިނާގެ މުހިންމު މާކެޓުގައި ދިވެހިރާއްޖޭގެ ބްރޭންޑް އިތުރަށް ފުޅާކުރިއެވެ. މީގެ އިތުރުން، އަންނަ އަހަރު ފެށޭ އެންމެ މަގުބޫލު އެއް ގްލޯބަލް ކެމްޕޭނެއް ކަމަށްވާ ’ދަ ވޯލްޑްސް ބިގޭސްޓް ގިވްއަވޭ 2025‘ އަޅުގަނޑުމެން ޑަބްލިއުޓީއެމް ލަންޑަންގައި ވަނީ އިއުލާންކޮށްފައެވެ. އާ އެއާލައިން ރޫޓުތަކާއި ގިނަވަމުންދާ ފްލައިޓްތައްވެސް ދިވެހިރާއްޖޭގެ ފަތުރުވެރިކަމުގެ ކާމިޔާބީގައި ފާހަގަކޮށްލެވެއެވެ.
އެމްއެމްޕީއާރުސީއިން ބޭއްވި ފުރަތަމަ ޑޭޓާ ފޯރަމް ވެގެންދިޔައީ މިހާތަނަށް އެސްއީއޭ ސަރަހައްދުގައި މިހާތަނަށް ބޭއްވި އެންމެ ބޮޑު ޑޭޓާ ފޯރަމްއަށެވެ. އަދި އެމްއެމްޕީއާރުސީގެ ޓޫރިޒަމް ސިމްޕޯޒިއަމް 2024 ގައި ފަތުރުވެރިކަމުގެ ސިނާއަތުގައި ހަރަކާތްތެރިވާ ފަރާތްތައް އެއް ފުރާޅެއްގެ ދަށުގައި ސިނާއަތުގެ ތަރައްގީ އާއި ކުރިއެރުން އެކުގައި މަޝްވަރާކުރުމުގެ ފުރުޞަތު ދިނެވެ. މީގެ އިތުރުން އެމްއެމްޕީއާރުސީއިން ވަނީ ފްލިގީ، ވެއިޒިން ޕޭ، މަޓީ، އެންއެޗްޖީއޭއެމް، މޯލްޑިވްސް އިމިގްރޭޝަން، މޯލްޑިވިއަން އެއާލައިންސް، އަދި އޭޑީކޭ ހޮސްޕިޓަލާއެކު މުހިއްމު އެއްބަސްވުންތަކެއްގައި ސޮއިކޮށް، ފަތުރުވެރިކަމާއި އެންސިލަރީ ދާއިރާއިން ދަތުރުކުރުމުގެ ތަޖުރިބާ އިތުރުކޮށްފައެވެ.
މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން ބުނާ ގޮތުގައި ވޭތުވެދިޔަ އަހަރާ އަޅާބަލާއިރު 2024 ވަނަ އަހަރު ފަތުރުވެރިކަމުގެ އާމްދަނީ %15 ފާހަގަކޮށްލެވޭ ގޮތުގައި އިތުރުވެފައެވެ. އަދި މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ (މީރާ) އިން ފަތުރުވެރިކަމާ ގުޅުންހުރި ސަރުކާރުގެ ޓެކްސް އާމްދަނީ %8 ހަމަ އެ މުއްދަތުގެ ތެރޭގައި އިތުރުވެފައިވާކަމަށް ވަނީ އަންގާފައެވެ. މީގެ އިތުރުން ވޯލްޑް ޓްރެވަލް އެވޯޑްސްގައި ދިވެހިރާއްޖެ އަށް ގިނަ ޝަރަފުތަކެއް ލިބި، ފުރަތަމަ ފަހަރަށް ވޯލްޑްސް ލީޑިން ގްރީން ޑެސްޓިނޭޝަންގެ އެވޯޑް އަދި ޖެހިޖެހިގެން ފަސް ވަނަ އަހަރު ވޯލްޑްސް ލީޑިންގ ޑެސްޓިނޭޝަންގެ އެވޯޑް ވަނީ ކާމިޔާބުކޯށްފައެވެ. 2024އަކީ އަހަރަކު އެއް މިލިއަން ފަތުރުވެރިން ރާއްޖެ އައުމުގެ މުހިންމު މައިލްސްޓޯން ހާސިލްކުރިތާ 11 އަހަރު ފުރުނު އަހަރެވެ.
2025: އާ މިސްރާބަކަށް
އެމްއެމްޕީއާރުސީން ވަނީ ކުރިއަށް އޮތް އަހަރުގެ ކުރިމަގު ވެސް މިއަދުގެ ބައްދަލުވުމުގައި ހާމަކޮށްފަ އެވެ. އެގޮތުން 2025 ވަނަ އަހަރަށް ބަލާއިރު، ވިޒިޓް މޯލްޑިވްސް އިން ދަނީ އައު ސްޓްރެޓެޖިކް އެޕްރޯޗެއް ތައާރަފްކޮށް، ސަގާފީ ޓްރޭޑް ޝޯތަކުން ފޯކަސް ބަދަލުކޮށް، ކޮންވާޝަން ޑްރިވަން މާކެޓިން ޓެކްޓިކްސް އަށް ބަދަލު ކުރަމުންނެވެ. މި އާ ސްޓްރެޓެޖީގައި ވީޑިއޯ ޑިޖިޓަލް ކެމްޕޭންތަކަށް ސަމާލުކަމެއް ދީގެން ކޮންޓެންޓް އުފެއްދުމާއި ބެހުމަށް ބާރު އަޅައެވެ. އަދި ވިޒިޓް މޯލްޑިވްސް އިން ދަނީ އެއާލައިންތަކާއި، ޓުއާ އޮޕަރޭޓަރުންނާއި، ރީޓެއިލް ބްރޭންޑްތަކާ އެކު ބައިނަލްއަގުވާމީ ގުޅުންތައް ހަރުދަނާކުރަމުންނެވެ.

2025 ވަނަ އަހަރުގެ ހަރަކާތްތައް
މިގޮތުން، ކުރިއަށްހުރި އަހަރަށް ރާވާފައިވާ ހަރަކާތްތަކުގެ ތެރޭގައި ތެރޭގައި ބްރޭންޑްޑް މާޗަންޑައިޒް ވިއްކުމުގެ އާ ޕްލެޓްފޯމެއް ކަމަށްވާ ވިޒިޓް މޯލްޑިވްސް ޝޮޕް ލޯންޗުކުރުން ހިމެނެއެވެ. ވިޒިޓް މޯލްޑިވްސް ކެލެންޑަރުގެ ދަށުން ރާއްޖޭގައި ހިނގަމުންދާ ހުރިހާ އިވެންޓްތަކެއްގެ މައުލޫމާތުތައް ހިމަނައި ސެންޓްރަލައިޒްޑް ހަބެއް ގާއިމްކޮށް، ފަތުރުވެރިންގެ ދަތުރުތައް ރޭވުމަށް ފަސޭހަވެގެންދާނެއެވެ. ވިޒިޓް މޯލްޑިވްސް އެކަޑަމީއެއް ޤާއިމްކޮށް ސިނާއަތުގެ ޢިލްމު ހަރުދަނާކޮށް، ޑެސްޓިނޭޝަން ސްޕެޝަލިސްޓް ސެޓްފިކެޓް ދިނުމަށް ފަރުމާކޮށްފައިވާ ތައުލީމީ ޕްރޮގްރާމްތައް ކުރިއަށް ދާނެއެވެ. މީގެ އިތުރުން ވިޒިޓް މޯލްޑިވްސް ކޮންޓެންޓް ޕޯޓަލް ވެގެންދާނީ އުފެއްދުންތެރިންނަށް ކިއުރޭޓަޑް ކޮންޓެންޓް ހޯދުމަށާއި އެމީހުންގެ ޑިޖިޓަލް އެސެޓްތައް ދައްކާލުމާއި ވިއްކުމުގެ ފުރުސަތު ވެސް ލިބިގެންދާނެ އަގުހުރި ވަސީލަތަކަށެވެ. މީގެ އިތުރުން ވިޒިޓް މޯލްޑިވްސް ޑޭޓާ ޑޭޝްބޯޑުން އިންޑަސްޓްރީގެ އިންސައިޓްސް އާއި އެނަލިޓިކްސް އަށް މަރުކަޒީ ޕްލެޓްފޯމެއް ފޯރުކޮށްދީ، ގްލޯބަލް ޑޭޓާ ލީޑަރުންނާ ޕާޓްނަރޝިޕް ހަދައިގެން ފުރިހަމަ ޑޭޓާ ފޯރުކޮށްދޭނެއެވެ.
ދިވެހިރާއްޖޭގެ ގްލޯބަލް ޕްރެޒެންސް އިތުރަށް ކުރިއަރުވަން ވިޒިޓް މޯލްޑިވްސް އިން މުހިންމު މާކެޓްތަކުގައި “ވިޒިޓް މޯލްޑިވްސް ވީކް” ފަށެމަށްވެސް ވަނީ ރާވާފާކަން މި ނޫސްވެރިންގެ ބައްދަލުވުގައި ވަނީ އިއުލާނުކޮށްފައެވެ. މި ހަފްތާ ތެރޭގައި މީޑިއާ އިވެންޓްތަކާއި، ޕްރެސް ހަރަކާތްތަކާއި، ސެމިނާތަކާއި، ނެޓްވޯކިން ހަވީރުތަކާއި، ފުޑް ޓްރަކްތަކާއި، އިނޮވޭޓިވް އައުޓްޑޯ މާކެޓިންގ އިނިޝިއޭޓިވްސް ފަދަ ގިނަ ހަރަކާތްތަކެއް ކުރިއަށް ގެންދާނެއެވެ. މިފަދަ ފޯކަސްޑް ކެމްޕޭންތައް އަމާޒުކުރަން ރާވާފައިވަނީ ޖަރުމަނު، ދުބާއީ، އިންޑިއާ، އަދި ރަޝިޔާ ފަދަ ބޮޑެތި މާކެޓްތަކަށެވެ. 2025ގެ އަހަރީ ހައިލައިޓް އައިޓީބީ ބާލިން އިން އޭޓީއެމް ދުބާއީ އަށް ބަދަލުވާއިރު، އަދިވެސް ބާލިންގައި މުހިންމު ހަރަކާތްތަކެއް ކުރިއަށް ގެންދާނެއެވެ.
އެންމެ މަހެއްހާ ދުވަހުގެ ތެރޭގައި 22 މިލިއަން ޔުނިކް ރީޗް ހޯދި ”ވިންޓާ އިޒް ބްލޫ“ ފަދަ ޑިޖިޓަލް ކެމްޕޭންތަކުގެ ކާމިޔާބީގެ މައްޗަށް ބިނާކޮށް، ވިޒިޓް މޯލްޑިވްސް އިން ރާވާފައި ވަނީ މެޓާ އާއި މިފަދަ އެހެން ބޮޑެތި ޑިޖިޓަލް ޕްލެޓްފޯމްތަކާ ގުޅިގެން މަސައްކަތް ކުރަމަށެވެ. އެގޮތުން، ވެބިނާތައް އިތުރުކުރުމާއި، ފެމިލިއަރައިޒޭޝަން ދަތުރުތަކާއި، އެންޖީއޯތަކާއެކު ސްޓްރެޓެޖިކް ޕާޓްނަޝިޕްތަކުގެ ސަބަބުން ރީޗް އެންމެ ބޮޑުކޮށް، ހަރަދުތައް ސްޓްރީމްލައިންކޮށް، ބަޖެޓްތައް ކުޑަކުރެވޭނެއެވެ. އެމްއެމްޕީއާރުސީއިން ކުރިއަށް ދެންދިޔުމަށް ރަވާފައިވާ އާ ކެމްޕޭންތަކުގައި މައިސް، ސޯލޯ ޓްރެވަލާސް، އަދި “ބެސްޓީ” ގެޓްވޭސްފަދަ ވަކި ނީޝް ސެގްމަންޓްތަކަށް އަމާޒުކޮށްފައިވާ ހަރަކާތްތައް ހިމެނެއެވެ. އަދި ވިޒިޓް މޯލްޑިވްސްއިން އިންޓަނޭޝަނަލް ބްރޭންޑިންގ ސްޕެޝަލިސްޓުންނާ ގުޅިގެން، ފިލްމް ޓޫރިޒަމް، އިންފްލޫއެންސަރ ކޯލަބްރޭޝަންސް، އަދި ސްޓޯރީ ޓެލިން ޕްރޮމޯޓް ކުރުމަށް ބޮޑެތި ހަރަކާތްތައް ބާއްވާނެއެވެ. މީގެ އިތުރުން، ވިޒިޓް މޯލްޑިވްސް ކްލަބުން އިއުލާންކޮށްފާވައި ދުނިޔޭގެ އެންމެ ބޮޑު ދެމެހެއްޓެނިވި މަސްވެރިކަމުގެ މުބާރާތް “ބުރުނު ބޮމަ” 2025 ވަނަ އަހަރުގެ އޭޕްރީލް އަދި މެއި މަހު ބާއްވާނެއެވެ.
ރާއްޖޭގެ ފަތުރުވެރިކަމުގެ ދާއިރާގެ ކުރިމަގު
އެމްއެމްޕީއާރުސީގެ 2025 ވަނަ އަހަރުގެ ޖުމްލަ އަމާޒަކީ، ހޫނު މޫސުމުގެ ބޮޑެތި ކެމްޕޭންތަކާއެކު 25 މާކެޓުގައި ކޮންމެ ކުއާޓަރއެއްގައިވެސް ހަރަކާތްތައް ކުރިއަށް ގެންދިއުމެވެ. ވިޒިޓް މޯލްޑިވްސްއިން މަސައްކަތްކުރަމުންދަނީ 2025 ވަނަ އަހަރު އިތުރު ކާމިޔާބީ ހޯދުމަށް އިންޑަސްޓްރީ ޕާޓްނަރުންނާ ގުޅިގެން މަސައްކަތް ކުރުމަށެވެ.




