ކުރީގެ ސަރުކާރުން ތަޢާރަފުކުރި ބިންވެރިޔާ އަދި ގެދޮރުވެރިޔާ ސްކީމާ ގުޅޭ މައްސަލައިގެްސަލައިގެ ތަޙުޤީޤަށް މަޢުލޫމާތު އެއްކުރުމަށް ފުލުހުން ޤާއިމުކުރި އޮންލައިން ޕޯޓަލްއަށް މިހާތަނަށް 16 ފަރާތަކުން މަޢުލޫމާތު ފޯރުކޮށްދީފައިވާކަމަށް މޯލްޑިވްސް ޕޮލިސް ސަރވިސްއިން ހާމަކޮށްފިއެވެ.
ފުލުހުންގެ ބަޔާނެއްގައި ވިދާޅުވިގޮތުގައި، މި 16 ފަރާތުގެ ތެރެއިން 4 ފަރާތަކުން ވަނީ މައްސަލައާ ގުޅުންހުރި ލިޔެކިޔުންތައް ވެސް ހިއްސާކޮށްފައެވެ. އަދި މި ޕޯޓަލް މެދުވެރިކޮށް މަޢުލޫމާތު ހުށަހެޅުމުގެ ފުރުޞަތު އަދިވެސް ހުޅުވާލެވިފައިވާކަން ފުލުހުން ފާހަގަކުރެއްވިއެވެ.
މަޢުލޫމާތު ހުށަހަޅަން ޝައުޤުވެރިވާ ފަރާތްތަކަށް https://evidence.police.gov.mv މެދުވެރިކޮށް މަޢުލޫމާތު ހިއްސާކުރެވޭނެއެވެ. ފުލުހުން އިތުރަށް ވިދާޅުވީ، މަޢުލޫމާތު ހުށަހަޅާއިރު އަމިއްލަ މަޢުލޫމާތު ހާމަނުކޮށްވެސް ހުށަހެޅިދާނެ ކަމަށާއި، ނުވަތަ ތަޙުޤީޤުކުރާ ފަރާތްތަކުން ގުޅަން ބޭނުންވެއްޖެ ހާލަތެއްގައި ގުޅޭނެ ގޮތުގެ ތަފްޞީލުތަކާއެކުވެސް މަޢުލޫމާތު ހިއްސާކުރެވިދާނެ ކަމަށެވެ.
މި ޕޯޓަލް މެދުވެރިކޮށް މަޢުލޫމާތު ހުށަހަޅުއްވާ ފަރާތްތަކުގެ ސިއްރު ފުރިހަމައަށް ހިފަހައްޓާނެ ކަމުގެ ޔަޤީންކަން ވެސް ފުލުހުން ވަނީ ދެއްވާފައެވެ.



