ބަނގުރަލާއެކު މާލޭ މަޖީދީމަގުން މީހަކު ހައްޔަރުކޮށްފިއެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލަކު ރޭގައި ވިދާޅުވީ މާލޭގައި ބަނގުރަލުގެ ވިޔަފާރި ކުރާކަމަށް ފުލުހުންގެ އިންޓަލިޖެންސަށް ލިބުނު މައުލޫމާތަކާ ގުޅިގެން ޑްރަގް އެންފޯސްމަންޓާއި ފުލުހުންގެ އިންޓަލިޖެންސް ގުޅިގެން ހިންގި އޮޕަރޭޝަނެއްގައި، މަޖީދީމަގުން މީހަކު ހުއްޓުވާ ބަލައިފާސްކޮށް ބަނގުރަލާއެކު ފުލުހުންގެ ބެލުމުގެ ދަށަށް ރޭގައި ގެންގޮސްފައިވާ ކަމަށެވެ.
މި މައްސަލައާ ގުޅިގެން ފުލުހުންގެ ބެލުމުގެދަށަށް ގެންގޮސްފައިވަނީ ގދ. ގައްދޫ ރެޑްމާގެ / މުޙައްމަދު އަޒްހަމް ސައީދު (33އ.) އެވެ.
އަޒްހަމް ފުލުހުންގެ ބެލުމުގެދަށަށް ގެންގޮސްފައިވަނީ އޭނާ ދުއްވި ސައިކަލު ބަލައިފާސްކުރިއިރު ތިން ބަނގުރާފުޅި ފެނުމާ ގުޅިގެން ކަމަށް ވެސް ފުލުހުން ވިދާޅުވެފައިވެއެވެ.



